މިޔަންމާގެ ކޭބީޒެޑަށް ބަކާ ކުޅެދިން ދެވަނަ މެޗުން އެޓީމު މޮޅުވެއްޖެެވެ.
މިޔަންމާ ލީގުގައި ޒެޑްވައިއެސްއެމް އާއި ދެކޮޅަށް ކޭބީޒެޑް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ޒެޑްވައިއެސްއެމްގެ ސްޓޭޑިއަމް މޮންވާގައި ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ރާއްޖޭގެ ގައުމީޓީމުގެ ޑިފެންޑިން މިޑްފީލްޑަރ ބަކާވަނީ ކުޅެން ނިކުމެފައެވެ.
މެޗުގެ ދެ ގޯލްވެސް ކޭބީ ޒެޑަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯލަން އެވެ. ފުރަތަމަ ގޯލް މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިންއިރު މެޗުގެ ދެވަނަ ގޯލް ފޯލަން ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 92 ވަނަ މިނެޓުގައެވެ.
މެޗުގައި ބަކާގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ކޭބީޒެޑްގެ މެޗެއް ދެން އޮންނާނީ އަންނަ ހަފްތާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް