ނިއުރޭޑިއަންޓާއި އަލަށް ގުޅުނު ރަފީނިއާ އަދި ސޯޒާ ރާއްޖެ އަތުވެއްޖެ

ހިނގަމުން މިދާ ޓްރާންސްފަރ ސީޒަންގައި ނިއުރޭޑިއަންޓާއި އަލަށް ގުޅުނު ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ބްރެޒިލްގެ ރަފީނިއާ އަދި ސޯޒާ ސަންޓޮސް ރާއްޖެ އަތުވެއްޖެއެވެ. މިއަދު ނިއުގެ ސްކޮޑާއި ގުޅުނު ރަފީނިއ...

17 Jan 2015 | 09:41

ހިނގަމުން މިދާ ޓްރާންސްފަރ ސީޒަންގައި ނިއުރޭޑިއަންޓާއި އަލަށް ގުޅުނު ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ބްރެޒިލްގެ ރަފީނިއާ އަދި ސޯޒާ ސަންޓޮސް ރާއްޖެ އަތުވެއްޖެއެވެ.

މިއަދު ނިއުގެ ސްކޮޑާއި ގުޅުނު ރަފީނިއާވަނީ ބްރެޒިލް ލީގުގެ އެކި ޑިވިޝަންތަކުގެ އިތުރުން ހޮންގް ކޮންގް ޕްރިމިއަރލީގުގެ އިތުރުން ޕޯރޖުގަލްގައިވެސް ކުޅެފައެވެ.

ރަފީނިއާ ނިއުއާއި ގުޅިފައިވަނީ ޕޯރޗުގަލްގެ ޓޮރީންސޭއިންނެވެ. ޓޮރީންސޭއަކީ ޕޯރޗުގަލްގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ ކުޅެފައިވާ ޓީމެކެވެ. ޓޮރީންސޭވަނީ ޕޯރޗުގަލް ކަޕްގެެ ފައިނަލްވެސް ކުރިން ކުޅެފައެވެ.

ރަފީނިއާގެ އިތުރުން ދެން މިއަދު ނިއުގެ ފަރިތަކުރުން ތަކުގައި ބައިވެރުވުމަށް އައިސްފައިވަނީ އެވަރޓަން ސޯޒާއެވެ. ސޯޒާވަނީ މީގެކުރިންވެސް ދިވެހި ފުޓުބޯޅަ ތަޖުރިބާކޮށްފައެވެ. އެވަރޓަން ސޯޒާވަނީ 2012 ވަނަ އަހަރު އޭވައިއެލްއަށް ކުޅެދީފައެވެ.

ނިއުގެ އާ ދެކުޅުންތެރިންނާއެކު މިރޭ ޕްރެކްޓިސް ކުރާނެކަމަށް މައުލޫމާތު ލިބެއެވެ. ނިއުއަށް އަލަށް ގުޅުނު ކީޕަރވެސްވަނީ މިމަހުގެ 15 ވަނަ ދުވަހު ޓީމާއި ގުޅިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް