ޗައިނާ ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާކުރި ސައިކަލުތައް ރާވަން ފަށައިފި

ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ފުޅާކުރުމަށް ވެދެއްވާ ޚާއްޞަ އެހީތެރިކަމުގެ ތެރެއިން ޗައިނާ ސަރުކާރުން ދިވެހި ފުލުހުންގެ ބޭނުން ތަކަށް ދީފައިވާ ސައިކަލުތައް ރޭވުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުން...

17 Jan 2015 | 08:19

ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ފުޅާކުރުމަށް ވެދެއްވާ ޚާއްޞަ އެހީތެރިކަމުގެ ތެރެއިން ޗައިނާ ސަރުކާރުން ދިވެހި ފުލުހުންގެ ބޭނުން ތަކަށް ދީފައިވާ ސައިކަލުތައް ރޭވުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ ޗައިނާ ސަރުކާރުން ފޮނުވި މެކޭނިކުންގެ ޓީމަކާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ޓީމަކުން މިމަސައްކަތް ކުރަމުންދަނީ އިސްކަންދަރު ކޮށީގައި ކަމަށެވެ.

ޗައިނާ ސަރުކާރުން ރާއްޖޭގެ ފުލުހުންނަށް ހަދިޔާކޮށްފައިވާ 150 ސައިކަލު ރާއްޖެ ގެނެސްފައިވަނީ މީގެ ކުޑަދުވަސްކޮޅެއްގެ ކުރިން ކަމަށާއި މިސައިކަލުތައް ރާވައި ނިމުމާއެކު ސައިކަލުތައް ރަސްމީގޮތުން ފުލުހުންނާ ޙަވާލުކުރުން ކައިރި މުސްތަޤުބަލެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް