އިންނަމާދޫގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ރ.އިންނަމާދ...

17 Jan 2015 | 08:11

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ރ.އިންނަމާދޫގައި އެސްޓީއޯއިން ފާމަސީ ހުޅުވާ ހިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ އިންނަމާދޫގައި މިހުޅުވުނު ފާމަސީން އާސަންދައާއިއެކު މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މި ފާމަސީއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު 69 އަށް ބަދަލުވެފައިވާކަމަށްވެސް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން އިތުރަށް ބުނީ މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް