ޑެފޯ އަނބުރާ އިނގެރޭސި ޕްރިމިއަރލީގަށް

މޭޖަރލީގު ސޮކާގެ ޓޮރެންޓޯ އެފްސީއަށް ކުޅެމުން އަންނަ އިނގެރޭސި ފޯވަރޑް ޑެފޯ އަނެއްކާވެސް ޕްރިމިއަރލީގު ކުލަބް ސަންޑަރލޭންޑަށް ސޮއެކޮށްފިއެވެ. މިހާރު ސަންޑަރލޭންޑްގެ ކޯޗު ޕޮޔެޓްގެ އިރުޝާދުގެ ދަށުން ކުރ...

17 Jan 2015 | 07:33

މޭޖަރލީގު ސޮކާގެ ޓޮރެންޓޯ އެފްސީއަށް ކުޅެމުން އަންނަ އިނގެރޭސި ފޯވަރޑް ޑެފޯ އަނެއްކާވެސް ޕްރިމިއަރލީގު ކުލަބް ސަންޑަރލޭންޑަށް ސޮއެކޮށްފިއެވެ.

މިހާރު ސަންޑަރލޭންޑްގެ ކޯޗު ޕޮޔެޓްގެ އިރުޝާދުގެ ދަށުން ކުރިން ޑެފޯވަނީ ޕްރިމިއަރލީގުގެ ޓޮޓެންހަމްއަށް މޮޅު ކުޅުމެއް ދައްކާފައެވެ. ޑެފޯ ސަންޑަރލޭންޑާއެކު ވެފައިވަނީ ތިން އަހަރާއި ހަމަސްދުވަހުގެ އެއްބަސްވުމެކެވެ.

ޑެފޯވަނީ އޭނާގެ ޕްރިމިއަރލީގު ކެރިއަރގައި ވެސްޓް ހަމްގެ އިތުރުން ޕޯރޓްސްމައުތް އަދި ޓޮޓެންހަމްއަށް ޖުމްލަ 124 ގޯލް ކާމިޔާބުކޮށްދީފައިވެއެވެ. އަދި އިނގެރޭސި ގައުމީ ޓީމަށް ޑެފޯވަނީ 55 މެޗު ކުޅެދީފައެވެ.

ޑެފޯއާއި ގުޅޭ ގޮތުން ސަނޑަރލެންޑްގެ ކޯޗު ޕޮޔެޓް ބުނެފައިވަނީ ޑެފޯއަކީ މޮޅަށް ގޯލްޖަހާ ކުޅުންތެރިއެއް ކަމަށެވެ. އަދި ސަންޑަރލޭންޑަށް އެފަދަ ކުޅުންތެރިއެއް ބޭނުންވާ ކަމަށްވެސް ޕޮޔެޓް ބުންޏެވެ.

އިނގެރޭސި ލީގުގެ ތާވަލުގެ 16 ވަނައިގާ އޮތް ސަންޑަރލޭންޑަށް ގޯލް ޖެހުމުގެ މައްސަލަތަކާއި ވަނީ މިސީޒަންގައި ކުރިމަތިލާން ޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް