ޒުވާނުންގެ ސިޓީގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކޮށް ނިމޭއިރު އެތަނުގައި ޑްރަގު ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމަށް ރައީސް ޔާމިންގެ ސަރުކާރުން ނިންމާފައިވާ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް ޖަމީލް ރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަކީ ރައީސް ޔާމީން އެކަމަކަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެއް ކަމަށެވެ.
"މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސް ޔާމީން ދެއްވާ އިސްކަމުގެ ތެރެއިން ހުޅުމާލެ ޔޫތު ސިޓީގައި ޑްރަގް ރިހެބެއް އެޅުމަށް ވަނީ ނިންމާފައި، "ނައިބު ރައީސް ޖަމީލް ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވި އެވެ.
ނަމަވެސް އެ ސެންޓަރާއި ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައިއެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް