އަދީީބުގެ ފޭސްބުކް އެކައުންޓް ވެރިފައިކޮށްފި

ޓުރިޒަމް މިނިސްޓާ އަހުމަދު އަދީބުގެ ފޭސް ބުކް ޕޭޖު ވެރިފައިކޮށްފިއެވެ. ފޭސްބުކްއިން ރޭ އަދީބުގެ ޕޭޖް ވެރިފައިކޮށްދީފައިވާއިރު، މިއީ ސަރުކާރުގެ ވެރިންގެ ތެރެއިން ފޭސް ބުކް ވެރިފައިކޮށްސދިން ދެވަނަ ބޭފު...

17 Jan 2015 | 06:13

ޓުރިޒަމް މިނިސްޓާ އަހުމަދު އަދީބުގެ ފޭސް ބުކް ޕޭޖު ވެރިފައިކޮށްފިއެވެ.

ފޭސްބުކްއިން ރޭ އަދީބުގެ ޕޭޖް ވެރިފައިކޮށްދީފައިވާއިރު، މިއީ ސަރުކާރުގެ ވެރިންގެ ތެރެއިން ފޭސް ބުކް ވެރިފައިކޮށްސދިން ދެވަނަ ބޭފުޅާއެވެ. މީގެ ކުރިން ފޭސްބުކުން ވަނީ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ފޭސް ބުކް ޕޭޖު ވެރިފައި ކޮށްދީފައި އެވެ..

މިނިސްޓަރ އަދީބުގެ ފަރާތުން މީޑިއާގައި ބުނެފައިވަނީ ފޭސްބުކް ޕޭޖް ވެރިފައިވުމާއިއެކު، ޓްވިޓާ އެކައުންޓް ވެސް ވަރަށް އަވަހަށް ވެރިފައިވެގެން ދާނެކަމަށާއި، އެކަމުގެ ސަބަބުން މިނިސްޓަރާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ދޮގު ވާހަކަތަށް ހުއްޓުވުމަށް ފަސޭހަވެގެންދާނެކަމަށެވެ.

ނާއިބް ރައީސް ޖަމީލް އާއި އަދީބުގެ އިތުރުން ދެން ފޭސްބުކުން ވެރިފައި ކޮށްދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާގެ ޕޭޖާއި ދިރާގުގެ ފޭސް ބުކް ޕޭޖެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް