ބަންގްލަދޭޝް އިން ރާއްޖެއަށް އާ ޝަފީރަކު ކަނޑައަޅައިފި

ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ރާއްޖެއަށް އާ ޝަފީރަކު ކަނޑައަޅައިފި އެވެ. މިކަމާ ބެހޭގޮތުން އެގައުމު މީޑިއާގައި ބުނެފައިވަނީ އެގައުމުން ރާއްޖެއަށް އަލަށް ކަނޑައެޅި އާ ސަފީރަކީ ރިއާ އެޑްމިރަލް ކާޒީ ސ...

17 Jan 2015 | 04:37

ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ރާއްޖެއަށް އާ ޝަފީރަކު ކަނޑައަޅައިފި އެވެ.

މިކަމާ ބެހޭގޮތުން އެގައުމު މީޑިއާގައި ބުނެފައިވަނީ އެގައުމުން ރާއްޖެއަށް އަލަށް ކަނޑައެޅި އާ ސަފީރަކީ ރިއާ އެޑްމިރަލް ކާޒީ ސަރުވާރު ހޮސެއިން ކަމަށެވެ.

ކާޒީ ސަރުވާރު ހޮސެއިން އަކީ ކުރިން ބަންގްލަދޭޝްގެ ކޯސްޓް ގާޑްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ސަރުވާރު ހުސެއިން އަކީ އެމެރިކާގެ ޔުނިވާސިޓީ އޮފް ހޮނުލުލޫ އިން އެމްބީއޭ ހާސިލުކުރައްވައި، އިންޑިއާގެ ޔުނިވާސިޓީ އޮފް މަދްރާސް އިން މާސްޓާސް އިން ސައިންސް އިން ޑިފެންސް ސްޓަޑީޒް ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެއް ކަމަށްވެސް ބަންގްލަދޭޝް މީޑިއާއިން ބުނެ އެވެ.

ރާއްޖެއާއި ބަންގްލަދޭޝް އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް