އަލިފާނުގެ ހާދިސާގައި އިހުމާލުގެ އަމަލުތައް ފެންނާތީ އެމްޑީޕީން ފުލުހުންނާއި އިންޓެގްރިޓީއަށް މައްސަލަ ހުށަހަޅަނީ

މިދިޔަ ބުރާސްފަތި ދުވަހު ތިން މިނިސްޓްރީއެއް ހިންގަމުން ގެންދިޔަ ދެ އިމާރާތެއްގައި ރޯވި އަލުފާނުގެ ހާދިސާގައި އިހުމާލުތަކެއް ހުރި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެ މައްސަަލަތައް ބެލުމަށް އެދި ފުލުހުނ...

16 Dec 2024 | 09:32

މިދިޔަ ބުރާސްފަތި ދުވަހު ތިން މިނިސްޓްރީއެއް ހިންގަމުން ގެންދިޔަ ދެ އިމާރާތެއްގައި ރޯވި އަލުފާނުގެ ހާދިސާގައި އިހުމާލުތަކެއް ހުރި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެ މައްސަަލަތައް ބެލުމަށް އެދި ފުލުހުންނާއި، އިންޓެގްރިޓީ ކޮމިޝަނަށް އެ މައްސަލަ ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ، މި ހާދިސާއާއި ގުޅިގެން މިނިވަން ތަހުގީގެއް ހިންގުމަކީ މުހިންމު ކަމެއް ކަމަށާއި އެ ހާދިސާ ތަހުގީގުކުރުމަށް އެމްޑީޕީގެ ފަރާތުން މިއަދުގެ ވަގުތެއްގައި ރިކުއެސްޓު ފޮނުވާނެ ކަމަށެވެ.

އެ ހާދިސާ ހިިނގާފައިވަނީ ކިހިނެއްތޯ ބެލުމާއި އެކަން ހޯދުމަށް ސިފައިން ބައިވެރިކުރުމާއި ސިފައިންގެ އެހީތެރިކަން ހޯދުމަށްވެސް އެ ރިކުއެސްޓުގައި ހިމެނޭނެ ކަމަށް މަހްފޫޒް ވިދާޅުވުއެވެ. އަދި އަލިފާން ކޮންޓްރޯލް ކުރުމުގައި އިހުމާލުތަޖކެއް ފެންނާތީ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވެސް މަހްފޫޒް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ތަހުގީގުކުރުމަށް ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނެ ކަމަށް މީގެކުރިން ވެސް ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެއްވެސް ކަމާ ގުޅުން ހުރި އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް