ކިންގްޑަމް އޮފް ތައިލެންޑުގެ ސަފީރުކަމަށް ފުއާދު ތައުފީގް އައްޔަންކުރައްވައިފި

ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، މައްޗަންގޮޅި ތަޅަމުދިގެ، ފުއާދު ތައުފީޤް މިއަދު ޢައްޔަންކުރައްވައިފިއެވެ. ފުއާދު ތައުފީޤަށް މަޤާމުގެ ފަތްކޮޅު ރައ...

16 Dec 2024 | 08:45

ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، މައްޗަންގޮޅި ތަޅަމުދިގެ، ފުއާދު ތައުފީޤް މިއަދު ޢައްޔަންކުރައްވައިފިއެވެ.

ފުއާދު ތައުފީޤަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ފުއާދު ތައުފީޤު ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބަސެޑަރ އެޓް ލަރޖްގެ މަޤާމުގައެވެ. ފުއާދު ތައުފީޤަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް