މިއަދު ފާހަގަކުރަމުންމިދާ ކިންގްޑަމް އޮފް ބަހްރޭނުގެ ގައުމީ ދުވަހާއި ގުޅުވައިގެން ގަލްފް އެއާވޭސް އިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.
މި ހިނގާ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއށްދާ މި ޕްރޮމޯޝަން މިރޭ 23:59 އާއި ހަމައަށް ކުރިއަށްދާއިރު ގަލްފް އެއާއިން ދަތުރުކުރާ ކޮންމެ މަންޒިލަކަށްވެސް 30 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ދަތުރުކުރެވޭ ތާރީހަކީ 16 ޖަނަވަރީ އާއި 30 ޖޫން އާއި ދެމެދެވެ.
މި ޕްރޮމޯޝަންގެ ދަށުން ޓިކެޓު ލިބިގެންދާނީ ހަމައެކަނި ގަލްފް އެއާވޭސްގެ ވެބްސައިޓުންނާއި ވިލާ ޓްރެވަލްސްއިންނެވެ.
ގަލްފް އެއާގެ ވެބް އެޑްރެސް އަކީ https://www.gulfair.com އެވެ. ވިލާ ޓްރެވަލްސް އަށް ގުޅޭނެ ނަމްބަރުތަކަކީ 3330088 އަދި 9556552 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް