ހ. ނީޝްގެ ނުވަ ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ އެ އިމާރާތުގެ 09 ވަނަ ފަންގިފިލާއިން ދުން އަރާތީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.
ދުވަހުގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު ފުލުހުން އެ ސަރަހައްދު ކޯޑަންކޮށްފައިވާއިރު ފަޔަރ އެންޑް ރެސްކިއުގެ ބޮޑު ލޮރީއަކާއި ކުޑަ ލޮރީއެއް އެ ސަރަހައްދުގައި އޮތެވެ. އެހެންމަވެސް ދުމުގެ އަސަރު ބޭރަށް ފެންނާކަށް ނެތެވެ.
އެމްއެންޑީއެފް އަދި ފުލުހުން މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.
ހ. ނީޝް އިމާރާތަކީ ސްކައިފޯލް ރެސްޓޯރަންޓް ހުންނަ އިމާރާތެވެ. އެ ރެސްޓޯރަންޓް ހުންނަނީ އެ އިމާރާތުގެ 10 ވަނަ ފަންގިފިލާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް