ކާނިވާ ސަރަހައްދުގައި އެމްޑީޕީއިން ބޭއްވި "ބަހުލޫލު" ލަވަ ކީ، ދުވާފަރު ކައުންސިލު މެންބަރު މަރިޔަމް ޔަޝްފާ ޕޮލިހަށް ހާޒިރުވާން އަންގާފައިވާކަމަށް ޔަޝްފާ ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން އަދަދު ނޫހަށް މައުލޫމާތުދެމުން ޔަޝްފާ ބުނެފައިވަނީ އެންމެ ފުރަތަމަ ގުޅީ ދުވާފަރު ފުލުހުން ކަމަށާއި މިއަދު ޗިޓު ހަވާލުކުރާނެ ކަމަށް ބުނި ކަމަށެވެ. އަދި ފަހުން މާލެއިން ފުލުހުން ގުޅާފައިވާ ހާޒިރު ކުރާ ސަބަބު ބަޔާންކޮށްދިންކަމަށް ޔަޝްފާ ބުނެފައިވެއެވެ.
އެގޮތުން އޭނާ ހާޒިރު ކުރަނީ ޖަލްސާއެއްގައި ދެއްކި ވާހަކައަކާއި ގުޅިގެން ކުރެވޭ ތުހުމަތެއްގައި ކަމުގައި ފުލުހުން ބުނެފައިވާކަމަށް ޔަޝްފާ ބުނެފައިވެއެވެ.
"ތީ ބަހުލޫލެކޭ" މި ލަވަ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވާއިރު އޭގެ ކުރިން އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގާ ބޭއްވި ޖަލްސާއެއްގައިވެސް ޔަޝްފާ ވަނީ އެފަދަ ބަންޖެއް ކިޔާފައެވެ.
ޔަޝްފާގެ ދެ ޅެމުގައިވެސް ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ފާޑުކިޔުން އަމާޒުވާފަދަ ބަސްތައް ހިމަނާފައިވެއެވެ. އެހެންނަމަވެސް އެއިން ބަންޖެއްގައި އެއްވެސް މީހެއްގެ ނަމެއް ހިމަނާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް