ދިވެހީންގެ މެދުގައި އެންމެ މަޤްބޫލު އެއް ފުޑް އޯޑަރ އެޕް، ފުޑީސް އެޕް އެމްވީގައި ޑިޖިޓަލް ވޮލެޓް އެމް-ފައިސާ އިން ޕޭކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މި އިންތިޒާމު މިހާރު ހަމަޖެހިފައިވާއިރު ފުޑީސް އެޕުން އޯޑަރުކުރައްވާއިރު ޕޭމަންޓް މެތަޑުގެ ގޮތުގައި އެމް-ފައިސާ ޚިޔާރު ކުރެވޭނެއެވެ.
އެމް-ފައިސާއަކީ ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ޓްރާންސްފާ ކުރުމާއި، ފިހާރަ، ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންތަނަށް އިތުބަރާއެކު ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ވޮލެޓެކެވެ. މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކެ އެވެ.
އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލް ވޮލެޓަށް ކޭޝް އިން ކުރުމުގެ ފަސޭހަކަންވެސް ވަނީ އެމް-ފައިސާ އިން ފަހިކޮށްދީފަ އެވެ. ހަމަ އެއާ އެކު، އެމް-ފައިސާ މެދުވެރިކޮށް ކެންސަ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން ފަދަ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވެ އެވެ.
އެމް-ފައިސާއަށް ރަޖިސްޓަ ވާނެ ގޮތް
- އުރީދޫ އެޕް ޑައުންލޯޑް ކޮށްލާ: http://ore.do/app
- އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަނަށް ފިތާލާ
- އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލްތައް ފުރުމަށްފަހު ފޯނަށް ލިބޭ އޯޓީޕީ ޖަހާލާ
- މޯބައިލް ނަންބަރު ޖެހުމަށްފަހު 4 ޑިޖިޓްގެ ޕިން އެއް ސެޓް ކުރައްވާ
- މޯބައިލް ނަމްބަރާއި 4 ޑިޖިޓްގެ ޕިން ޖަހާލާ
- ފޯނަށް ލިބޭ އޯޓީޕީ ޖެހުމަށްފަހު ރަޖިސްޓްރޭޝަން ފުރިހަމަކޮށްލާ
އެމް-ފައިސާގެ ފަސޭހަކަމާއި ހާއްސަ އޮފަތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް މި ހިދުމަތް ބޭނުން ކުރެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް