މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަން މިއަދު ތަރުތީބުކޮށްފިއެވެ.
މިކަން ކޮށްފައިވަނީ މިއަދު މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ކެންޑިޑޭޓުންގެ ނަންތަކާއި ތަރުތީބު ކުރި ގޮތް
- ކެންޑިޑޭޓް ނަމްބަރު 01 – ޝުޢައިބު އަލީ (އަމިއްލަ ގޮތުން)
- ކެންޑިޑޭޓް ނަމްބަރު 02 – ހުސެއިން ވަހީދު (އަމިއްލަ ގޮތުން)
- ކެންޑިޑޭޓް ނަމްބަރު 03 – އާއިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)
- ކެންޑިޑޭޓް ނަމްބަރު 04 – އާދަމް އާޒިމް (އެމްޑީޕީ)
- ކެންޑިޑޭޓް ނަމްބަރު 05 – ސައިފް ފާތިހު (ޑިމޮކްރެޓްސް)
މާލޭ ސިޓީގެ މޭޔަރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބު ވުމުން، ރައީސް ކަމުގެ ހުވާ ކުރެއްވުމަށް މޭޔަރު ކަމުން އިސްތިޢުފާ ދެއްވުމުންނެވެ.
އީސީން ހާމަކޮށްފައިވާގޮތުގައި މޭޔަރު ބައި އިލެކްޝަން އޮންނާނީ އަންނަ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް