ރާއްޖޭގައި "ޕޮނޮގްރަފީ" ވެބްސައިޓްތައް ބްލޮކްކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި މުވާސަލާތީ ހިދުމަތްދޭ ކުންފުންޏަކުންވެސް އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.
އެހެން ނަމަވެސް މިވަގުތު ދިރާގު އަދި އުރީދޫގެ ޑާޓާ ކަނެކްޝަންސްތައް މެދުވެރިކޮށްވެސް އެފަދަ ވެބްސައިޓްތަކަށް ނުވަދެވޭނެހެން ވަނީ ބްލޮކްކޮށްފައެވެ.
މިފަދަ ނިންމުމެއް ނިންމާފައިވާއިރު މި ކަމަކީ ކުރިން ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވިއިރު ކުރަން އުޅެ ނުވެ އޮތް ކަމެކެވެ. އަދި އޭގެ ކުރިންވެސް އަދި ފަހުންވެސް ދޭތެރެ ދޭތެރެއިން މިފަދަ ވާހަކަތެއް ދެކެވުނު ނަމަވެސް އެއްވެސް ސަރުކާރަކަށް މިހާތަނަށް މިކަން ކުރަން ކެރިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް