"ތިއްކަށް އަހަރެއް": ދެ ސްކޫލެއްގައި ތެލަސީމިއަރ ސްކްރީނިންގ ހަދައިދިނުން ކުރިއަށް ގެންގޮސްފި

"ތިކި" އެޕްލިކޭޝަނަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް އިހައްދޫ ސްކޫލު އަދި ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ ބޮޑެތި ދަރިވަރުންގެ ތެލަސީމިއަރ ސްކްރީނިންގ ހަދައިދިނުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮ...

16 Dec 2022 | 18:20

"ތިކި" އެޕްލިކޭޝަނަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް އިހައްދޫ ސްކޫލު އަދި ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ ބޮޑެތި ދަރިވަރުންގެ ތެލަސީމިއަރ ސްކްރީނިންގ ހަދައިދިނުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެންނެވެ.

މި ހަރަކާތުގެ ތެރެއިން ގަމު ރީޖަނަލް ހޮސްޕިޓަލުން ވަނީ ތެލަސީމިއާ އާއި، ތެލަސީމިއާ ސްކްރީނިންގެ މުހިންމު ކަމާއި ގުޅޭގޮތުން މަޢުލޫމާތު ސެޝަނެއްވެސް ނަގައިދެއްވާފައެވެ. އަދި އެއަށްފަހު ތެލަސީމިއާ ސްކްރީނިންގެ ޓެސްޓްވެސް ވަނީ ހަދައިދީފައެވެ.

އިއްޔެ އިހައްދޫ ސްކޫލުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގައި އެ ސްކޫލުގެ ގްރޭޑް 8، 9 އަދި 10 އަކުން 28 ދަރިވަރުން ބައިވެރިވިއިރު އޭގެތެރެއިން 20 ދަރިވަރަކު ވަނީ އެ ހަރަކާތުގެ ތެރެއިން ތެލަސީމިއާ ސްކްރީނިންގ ހަދާފައެވެ.

މިއަދު ޙަމަދު ސްކޫލުގައި ބޭއްވި ސެޝަނުގައި އެ ސްކޫލުގެ ގްރޭޑް 9 އިން މަތީގެ 102 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި އޭގެތެރެއިން 83 ދަރިވަރަކު ވަނީ އެ ހަރަކާތުގެ ތެރެއިން ތެލަސީމިއާ ސްކްރީނިންގ ހަދާފައެވެ.

"ތިކި" އިން ދުނިޔޭގެ ލޭ ހަދިޔާކުރާ ދުވަސް ފާހަގަކުރުމަށް ލ.މާވަށުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން މާވަށު ސްކޫލުގައިވެސް ވަނީ ތެލަސީމިއާ އާއި ގުޅޭ މަޢުލޫމާތު ސެޝަނަކާއި ތެލަސީމިއާ ސްކްރީނިންގ ހަދައިދިނުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. އެ ސެޝަނުގައި 53 ދަރިވަރުން ބައިވެރިވިއިރު، އޭގެތެރެއިން 47 ދަރިވަރަކު ވަނީ ތެލަސީމިއާ ސްކްރީނިންގ ހަދާފައެވެ.

"ތިކި" މޯބައިލް އެޕްލިކޭޝަނަކީ ފަސޭހައިން ބްލަޑް ޑޯނަރުން ހޯދައިދިނުމުގެ މަޤުސަދުގައި ހަދާފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ މިދިޔަ 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުއެވެ.

"ތިކި" އެޕްލިކޭޝަންގައި މިހާރު 800 އަށްވުރެ ގިނަ ޑޯނަރުން ރެޖިސްޓާވެފައި ތިބިއިރު، މިއީ މިވަގުތު ރާއްޖޭގައި އޮތް ހަމައެކަނި ބްލަޑް ޑޯނަރސް އެޕެލިކޭޝަނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް