އުމޭޒް މޯލްޑިވްސް އިން "އުމޭޒް" ގެ ނަމުގައި އައު ބްރޭންޑެއް ލޯންޗްކޮށްފި

އުމޭޒް މޯލްޑިވްސް އިން "އުމޭޒް" ގެ ނަމުގައި ދިވެހި އައު ބްރޭންޑެއް ލޯންޗްކޮށްފިއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް އަލަށް ހުޅުވި އެސްއެމްއީ ހަބް ގައި ބޭއްވި ހަފްލާގައި އުމޭޒް ބްރޭނ...

16 Dec 2022 | 18:05

އުމޭޒް މޯލްޑިވްސް އިން "އުމޭޒް" ގެ ނަމުގައި ދިވެހި އައު ބްރޭންޑެއް ލޯންޗްކޮށްފިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް އަލަށް ހުޅުވި އެސްއެމްއީ ހަބް ގައި ބޭއްވި ހަފްލާގައި އުމޭޒް ބްރޭންޑް ލޯންޗްކޮށް ދެއްވީ މޫނިފޫހިފިލުވުމުގެ ދާއިރާގައި  ފާހަގަކޮށްލެވޭ ދެބޭފުޅުން ކަމަށްވާ މޫސާ ވަސީމް އަދި އަޙުމަދު އަލަމް އެވެ.

އުމޭޒް މޯލްޑިވްސް އިން ބުނީ އަލަށް ލޯންޗުކުރި އައު ބްރޭންޑް އުމޭޒްގެ އުފެއްދުންތަކުގެ އިންސްޕިރޭޝަނަކީ ޤުދުރަތީ ވެއްޓާއި، ޤުދުރަތީ ރީތިކަމުގެ އިތުރުން ރާއްޖޭ ރަމްޒުތައް ކަމަށެވެ.

އުމޭޒް ގެ ކޮންސެޕްޓް އުފެދިގެން އައީ މެންޓަލް ހެލްތް ހީލިން ޖަރނީއެއްގެ ތެރެއިން ކްރިއޭޓިވިޓީ އެންޑް ނޭޗަރ މެންޓަލް ހެލްތް އެންޑް ވެލްބީން ގައި އެހީ އަކަށް ވަނީ ކިހިނެއްތޯ އުފެދުނު ސުވާލާއެކު ކަމަށް އުމޭޒް މޯލްޑިވްސް އިން ހާމަކޮށްފައި ވެއެވެ.

އުމޭޒް މޯލްޑިވްސް އިން ބުނީ އެ ކުންފުނީގެ އުއްމީދަކީ އުމޭޒްގެ މަސައްކަތުގެ ތެރެއިން މިކަން އިތުރަށް އެކްސްޕްލޯކޮށް މެންޓަލް ހެލްތް އެވެއަރނެސް އިތުރުކުރުން ކަމަށެވެ.

މީގެ އިތުރުން އުމޭޒް މޯލްޑިވްސް އިން ބުނީ އާދިއްތަ ދުވަހުން ފެށިގެން އުމޭޒް ގެ ޕްރޮޑަކްތައް އޮތެންޓިކް މޯލްޑިވްސް އިން ލިބެން ހުންނާނެ ކަމަށާއި އަދި އުމޭޒްގެ ވެބްސައިޓާއި އިންސްޓަގްރާމް ޕޭޖުން މި އުފެއްދުންތަކާއި ބެހޭ އިތުރު މަޢުލޫމާތު ލިބޭނެކަމަށެވެ.

www.umeyz.com އަދި އިންސްޓަރގްރާމް ޕޭޖް umeyz.mv@

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް