ބޮޑު އީދު ބަންދުގައި ކައިވެނި ކޮށް ނުދެވޭނެ: ފެމިލީ ކޯޓު

އަންނަ އަހަރު ބޮޑު އީދު ބަންދުގައި ކައިވެނި ކޮށްނުދޭނެކަމުގައި ފެމިލީ ކޯޓުން ބުނެފިއެވެ. އެ ކޯޓުން މިހެން ބުނެފައިވަނީ އިއްޔެ އެ ކޯޓުން ނެރުނު އިއުލާނެއްގައެވެ. އެ އިއުލާނުގައި ބުނެފައިވަނީ 2023 ވަނަ ...

16 Dec 2022 | 17:47

އަންނަ އަހަރު ބޮޑު އީދު ބަންދުގައި ކައިވެނި ކޮށްނުދޭނެކަމުގައި ފެމިލީ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިހެން ބުނެފައިވަނީ އިއްޔެ އެ ކޯޓުން ނެރުނު އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ކައިވެނިކޮށް ނުދެވޭނެ ދުވަސްތަކަކީ ޖޫން 24 އިން 26 އަށް އަދި 28 އިން 30 އަށް ކަމަށެވެ. އެއީ ބޮޑު އީދުގެ މުނާސަބަތުގައި ބަންދު ދުވަސްތަކެވެ. ނަމަވެސް އެ ބަންދުގެ ތެރެއިން 27 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫންކަމުން އެ ދުވަހު ފެމިލީ ކޯޓުންވެސް ކައިވެނި ކޮށްދޭނެއެވެ.

ފެމިލީ ކޯޓުގެ އެ އިއުލާނުގައި ކުރިއަށް އޮތް އަހަރުގެ ދުވަސްތަކުގައި ކައިވެނި ކޮށްދޭނެ ގަޑިތައްވެސް ހާމަކޮށްފައިވެއެވެ.

އެއީ:-

ރަސްމީ ދުވަސް ދުވަހުގައި ކޯޓުގައި

ރަސްމީ ގަޑި:

ހެނދުނު 09:00 އިން 11:30 އަށް

މެންދުރު 13:00 އިން 13:30 އަށް

ނުރަސްމީ ގަޑި:

ހަވީރު 16:00 އިން ރޭގަނޑު 21:30 އަށް

ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުން

ހަވީރު 16:00 އިން ރޭގަނޑު 21:30 އަށް

ފެމިލީ ކޯޓުން ކައިވެނި ކޮށް ނުދެވޭނެ ދުވަސްތަކާއި ކައިވެނި ކޮށްދޭ ގަޑިތައް ހާމަކޮށްފައިވީނަމަވެސް ރަށް ރަށުގެ ކޯޓުތަކުގައި ގަޑިތަކާއި ދުވަސްތައް ނިންމާނީ އެ ކޯޓުތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް