ޖަރުމަން ވިލާތުގެ ބާރލިންގައި ހުންނަ ދުނިޔޭގެ އެންމެބޮޑު ފްރީ ސްޓޭންޑް އެކުއޭރިއަމް މިއަދުވަނީ ވީގޮތެއްނޭނގި ތަޅައިގެން ގޮސްފައެވެ.
މި އެކުއޭރިއަމްއަކީ 50 ފޫޓު ދިގު 38 ފޫޓުގެ ފުޅާމިނެއްހުންނަ ފްރީ ސްޓޭންޑިންގ އެކުއޭރިއަމެއްކަން ފާހަގަކޮށްލެވެއެވެ. 1500އެއްހާ އެގްޒޮކްޓިކް މަސްތައް ހުންނަ މިލިއަން ލިޓަރުގެ ފެނުގެ މިއެކުއަރިއަމް ތަޅައިގެން ދިޔުމާއެކު އެ އިމާރާތަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ބާރލިންގެ މޭޔަރ ވިދާޅުވާ ގޮތުގައި އެކުއޭރިއަމްގެ 1500 އެއްހާ މަހުގެ ތެރެއިން ހުރިހާ މަހެއްވެސް މަރުވީއެވެ.އަދިވެސް އެއިމާރާތުގެ އެކުއޭރިއަމް ހުރި ގުރައުންޑް ފުލޯރގައި ބިއްލޫރިތަކާއި ފެން ހުރުމުގެ ސަބަބުން ވަނުމަށް ދަތިވެފައިވާކަމަށްވެސް ފާހަގަކުރެވެއެވެ.
އެކުއޭރިއަމް ހުރި އިމާރާތަކީ މިއުޒިއަމަކާއި ހޮޓެލް އަދި ރެސްޓޯރެންޓްގެ އިތުރުން އިތުރު ބޭނުންތަކެއް ކުރާ އިމާރާތެއްކަމުން އެގައުމުގެ ސަލާމަތީ އިދާރާތަކުން ވަނީ އިމާރާތުގައި އޭރު ތިބި 350 ހާ މީހުންނަށް ވަގުތުން އިމާރާތުން ނިކުތުމަށް އަންގާ އެމެރޖެންސީކޮށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް