ހުޅުމާލޭ ފޭސް ދޭކުން މީހަކު ގެއްލިގެން ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.
ހަބަރެއް ނުވެގެން ހޯދަމުން ދަނީ އައްޑޫ ސިޓީ ހުޅުދޫ، ސީނިއަޞްރުމާގެ، އުމުރުން 34 އަހަރުގެ މުޙައްމަދު ޖައިލަމެވެ. ފުލުހުން ބުނީ އޭނާ ގެއްލިގެން ފުލުހުންނަށް އާއިލާއިން ރިޕޯޓު ކުރީ އިއްޔެ ހެނދުނު10:54 ގައި ކަމަށެވެ.
އާއިލާ އާއި ހަވާލާދީ ފުލުހުން ބުނީ އާއިލާއަށް އެންމެ ފަހުން އޭނާގެ ހަބަރުވީ މިމަހުގެ12 ވަނަ ދުވަހު ކަމަށެވެ.
އެންމެ ފަހުން އޭނާ ލައިގެން ހުރީ ގަދަ ނޫކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ ޖައިލަމް އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުމަށް އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް