ޑިމާންޑް ބޮޑުވެ އެޑިޑާސްގެ ޝޮޕްތަކުން މެސީގެ ޖާޒީ ހުސްވެއްޖެ

ފީފާ ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗާ ދިމާކޮށް، ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، އާޖެންޓީނާގެ ލިއޮނަލް މެސީގެ 10 ނަންބަރު ޖާޒީއަށް އޮތް ޑިމާންޑް އާދަޔާ ޚިލާފަށް ބޮޑުވެ، އެޑިޑާސްގެ ފިހާރަތަކ...

16 Dec 2022 | 12:32

ފީފާ ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗާ ދިމާކޮށް، ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، އާޖެންޓީނާގެ ލިއޮނަލް މެސީގެ 10 ނަންބަރު ޖާޒީއަށް އޮތް ޑިމާންޑް އާދަޔާ ޚިލާފަށް ބޮޑުވެ، އެޑިޑާސްގެ ފިހާރަތަކުން މެސީގެ ޖާޒީ ހުސްވެއްޖެއެވެ.

ފީފާ ވޯލްޑް ކަޕާ ދިމާކޮށް މުޅި ދުނިޔޭގައި ވެސް އެންމެ ޑިމާންޑް ބޮޑު އެއް ޖާޒީ ކަމަށްވާ އާޖެންޓީނާގެ 10 ނަންބަރު ޖާޒީ އެޑިޑާސްގެ ފިހާރަތަކުން ހުސްވިއިރު، އާޖެންޓީނާގެ ޖާޒީ ރަސްމީކޮށް އުފައްދަނީ އެޑިޑާސްއިންނެވެ.

މެޑްރިޑް، ދޯހާ، ޓޯކިޔޯ ފަދަ ދުނިޔޭގެ މަޝްހޫރު ބޮޑެތި ސިޓީތަކުގައި ހުރި އެޑިޑާސްގެ ޝޮޕްތަކުން، މެސީގެ ޖާޒީ ހުސްވެފައިވާއިރު، އަދިވެސް ޑިމާންޑް ވަރަށް ބޮޑުކަމަށްވެއެވެ. އަދި ޝޮޕްތަކުން ވަކި އުމުރުފުރާއެއް، ޖިންސެއް ނެތި ހުރިހާ ބާވަތެއްގެ، ހުރިހާ ސައިޒެއްގެ، މެސީގެ 10 ނަންބަރު އާޖެންޓީނާ ޖާޒީ ވެސް ހުސްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މެސީގެ ޖާޒީއަށް އޮތް ޑިމާންޑް އާދަޔާ ޚިލާފަށް ބޮޑުވެފައިވާއިރު، މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓިކެޓް ވިކި ހުސްވީ ވެސް އާޖެންޓީނާގެ މެޗުތަކުގެއެވެ. އަނެއްކޮޅުން، މެސީގެ މޮޅު ކުޅުމާއެކު އާޖެންޓީނާ ފައިނަލަށް ގޮސްފައިވާއިރު، އާދިއްތަ ދުވަހުގެ ރޭގަނޑު އެ ޓީމު ފައިނަލް މެޗުގައި ފްރާންސާ ދެކޮޅަށް ކުޅޭނެއެވެ.

މެސީ މިހާތަނަށް މި ވޯލްޑް ކަޕްގައި ވަނީ 5 ލަނޑު ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް