ސަރުކާރުން ގެންގުޅޭ ލާމަރުކަޒީ ސިޔާސަތުގެ ދަށުން، މޯލްޑިވިއަން އެއާލައިންގެ ކޯލް ސެންޓަރު ފުވައްމުލައް ސިޓީއަށް ބަދަލުކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މޯލްޑިވިއަނުން މިއަދު ބުނީ މިއަދު މޯލްޑިވިއަންގެ ރިޒަވޭޝަންސް އެންޑް ޓިކެޓިންގ ކޯލް ސެންޓަރ ވަނީ ފުވައްމުލައް ސިޓީއަށް ވަނީ ބަދަލު ކުރެވިފައި ކަމަށާއި ކޯލް ސެންޓަރު ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްފާޟިލް ފައިސަލް ނަސީމް ކަމަށެވެ. މި ބަދަލާއެކު ކޯލް ސެންޓަރު ހުޅުވިފައި ހުންނަ ވަގުތު އިތުރުކުރެވިފައިވާކަންވެސް މޯލްޑިވިއަން އިން ފާހަގަކުރެއެވެ.
އެގޮތުން ކޯލް ސެންޓަރުގެ ހިދުމަތް ދޭ ވަގުތުތަކަކީ:-
ހޮނިހިރު – ބުރާސްފަތި ހެނދުނު 9:00 އިން ރޭގަނޑު 20:00 އަށް
ހުކުރުދުވަސް: 14:00 އިން 20:00 އަށް
މީގެ އިތުރުން ރިޒަވޭޝަން އަދި ޓިކެޓިންގ ހިދުމަތް ހޯއްދަވަން ގުޅުއްވުމަށް ޝޯޓް ކޯޑް ނަމްބަރު 1671 މޯލްޑިވިއަން އިން މިއަދު ތައާރަފް ކުރިއެވެ.
މި ބަދަލުތަކާއިއެކު މޯލްޑިވިއަންގެ ހިދުމަތްތައް ހޯއްދަވާ ބޭފުޅުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމުގައި މޯލްޑިވިއަން އިން ގަބޫލުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް