ސިނަމާލޭ ބްރިޖް ޓްރެފިކް ލައިޓް ކައިރީ ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ މެންދުރު 2:30 ހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ އެކްސިޑެންޓުގައި އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށެވެ. އެކްސިޑެންޓުވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާއަށް ފަރުވާދޭން ގެންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަސް ގެންދިޔަ ފަހުން ނިޔާވެފައިވާ ކަމަށެވެ.
އެކްސިޑެންޓު ހިނގީ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. މިހާދިސާގައި ނިޔާވީ ސައިކަލް ދުއްވަން އިން މީހާ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ބިން މައްޗަށް ވެއްޓިފައި އޮތް އިރު ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުއްޓެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް