އައްޒަ، މިއަހަރު މުއާގެ އުފަންދުވަސް ފާހަގަ ކޮށްދިނީ ކަޅާއި ރަތުން!

ދިވެހި ފިލްމީ ތަރި އަދި ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ސެންޓަރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ މުއާޒު (މުއާ) އަށް 37 އަހަރު ފުރުނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. މުއާގެ އުފަން ދުވަ...

16 Dec 2022 | 10:50

ދިވެހި ފިލްމީ ތަރި އަދި ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ސެންޓަރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ މުއާޒު (މުއާ) އަށް 37 އަހަރު ފުރުނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

މުއާގެ އުފަން ދުވަހަކީ މިހާރު ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރާ ދުވަހެކެވެ. އެ ދުވަސް ހާއްސަކޮށްދެނީ އަންބިމީހާ އަދި ފިލްމީ ތަރި މަރިޔަމް އައްޒަ އެވެ.

މިދިޔަ އަހަރުވެސް މުއާގެ އުފަން ދުވަހު ދަންވަރު 12 ޖެހީންސުރެ އަނެއްރޭގެ 12 އާއި ހަމައަށް އައްޒަ ވަނީ ތަފާތު ގޮތަކަށް އުފަންދުވަސް ފާހަގަ ކޮށްދީފައި އެވެ. އެގޮތުން އެކި ވައްތަރު ވައްތަރުގެ ކޭކު މުއާއަށް ހަދިޔާ ކުރި އިރު އޭނާ ބުނީ މުއާއަކީ އެމޭޒިން ފިރިއެއް ކަމަށެވެ.

މިއަހަރު މުއާގެ އުފަން ދުވަހު އައްޒަ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި އުފަންދުވަހުގެ ތަހުނިޔާ ކިޔައި ބުނެފައިވަނީ މުއާގެ އަންބަކަށް ވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި ދެމީހުން ކައިވެނި ކުރީންސުރެ އައްޒަގެ ދިރިއުޅުމުގައި މުއާ ޖާދޫތަކެއް ހަދައިދެމުންދާ ކަމަށް ބުންޏެވެ.

މިއަހަރުގެ އުފަންދުވަސް ފާހަގަ ކުރަން މުއާއަށް ހާއްސަކޮށް ކަންތައްތަކެއް ކޮށްދިންކަން އައްޒަ ހާމަ ކުރީ އިއްޔެ އެވެ. އެ ފޮޓޯތަކުގައި ހުރީ ކަޅާއި ރަތުގެ ކޭކުތަކެވެ. އަދި އެކި ސައިޒުގެ ހަދިޔާތައް ޕާރުސަލް ކުރުމަށް ފަހު މޭޒެއްގެ މަތީގައި ކޭކުތައް ކައިރީ ބަހައްޓާފައި ހުއްޓެވެ.

އައްޒަ ބުނީ ލޯބީގައި ކަޅާއި ރަތް ގޯހުން ނުދާނެ ކަމަށެވެ. އަދ އުފަންދުވަހުގެ ހަދިޔާ އާއި މެދު މުއާ އުފާވި ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައިވެ އެވެ.

https://www.instagram.com/p/CmLybUDvsPt/

މުއާ ވަނީ އައްޒަގެ ހަދިޔާއަށް ޝުކުރު އަދާކޮށްފައި އެވެ. އައްޒައަކީ އަބަދުވެސް އެންމެ ފުރިހަމަ މީހާ ކަމަށް އޭނާ ބުނެފައިވެ އެވެ.

މުއާގެ އުފަންދުވަސް ފާހަގަ ކޮށްދިނުމުގައި އައްޒައަށް ރަތާއި ކަޅަކީ ހާއްސަ ދެ ކުލަކަށް ފާހަގަވެ އެވެ. މިދިޔަ އަހަރުގެ އުފަން ދުވަހުވެސް އެ ކުލަތަށް ހިމަނާފައިވާއިރު ދެ މީހުން ހެދުން އަޅާފައިވަނީވެސް ރަތް ކުލައިންނެވެ.

އައްޒަ އާއި މުއާ ކައިވެނި ކުރީ 2020 ވަނަ އަހަރުގެ ފެބްރުއަރީ 20 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް