ފޯނު ޗާރޖް ކުރަންވީ ރަނގަޅުގޮތާއި ނުކުރަންވީ ކަންކަން!

ފޯނުގެ ބެޓެރީ ކުރިއަށްވުރެ އަވަހަށް ހުސްވާކަމަށް ފާހަގަކުރެވޭހެއްޔެވެ؟ ނޫނީ ގަންނަ ކޮންމެ ފޯނެއްގެ ޗާރޖު އަވަހަށްދާތީ ކަންބޮޑުވޭހެއްޔެވެ؟ މިގޮތަށް ދިމާވުމަށް ބައެއްފަހަރު މެދުވެރިވަނީ ގޯސްކޮށް ކޮށްލެވ...

16 Dec 2022 | 10:41

ފޯނުގެ ބެޓެރީ ކުރިއަށްވުރެ އަވަހަށް ހުސްވާކަމަށް ފާހަގަކުރެވޭހެއްޔެވެ؟ ނޫނީ ގަންނަ ކޮންމެ ފޯނެއްގެ ޗާރޖު އަވަހަށްދާތީ ކަންބޮޑުވޭހެއްޔެވެ؟ މިގޮތަށް ދިމާވުމަށް ބައެއްފަހަރު މެދުވެރިވަނީ ގޯސްކޮށް ކޮށްލެވޭ ކަންތައްތަކެއްގެ ސަބަބުންނެވެ.

ފޯނުގެ ޗާރޖް ފުލްވުމަށްފަހު ކަނޑާނުލާ ހުރުމަކީ ފޯނުގެ ބެޓެރީ މައްސަލަޖެހުމަށް މެދުވެރިވާ ކަމެކެވެ. އެކަމުގެ ސަބަބުން ފޯނުގައި ޗާރޖް ހިފަހައްޓާ މުއްދަތު ކުރުވެގެންދެއެވެ. އެހެންކަމުން ޗާރޖް ފުލްވުމުގެ ކުރިން ފޯނު ނައްޓުވާލާށެވެ. 100 ޕަސެންޓް ވަންދެން ބޭއްވުމަކީ ރަނގަޅު ގޮތެއްނޫނެވެ. އަދި 20 ޕަސެންޓަށްވުރެ ދަށްވުމުން ފޯނާ ކުޅުންވެސްމެއެވެ.

ވަޔަރލެސް ހެޑްފޯން ކަނެކްޓު ކޮށްފަ ހުންނައިރު ފޯނުގެ ޗާރޖް އަވަހަށްދާކަމަށް ފާހަގަކުރެވޭތަ؟

ބުލޫޓޫތް އޮންކޮށްފައި ހުރުމަކީ ޗާރޖް ވަރަށް އަވަހަށް ދާނެ ކަމެކެވެ. އަބަދު ވައިފައި އޮންކޮށްފައި ހުރުމުން ޗާރޖްދާ ފަދައިންނެވެ. އޮންލައިންވުމަށް ނޫނީ ވައިފައި ޖައްސާފައި ނުބަހައްޓާށެވެ. މިކަންކަމަކީ ފޯނުން ޕްރޮސެސްކުރުމަށް އިތުރު ޗާރޖް ބޭނުންކުރާ ކަންކަން ކުގައިވާތީއެވެ. އަދި ނަތީޖާއެއްގެ ގޮތުން ފޯނުގެ ޗާރޖް އަވަހަށް ހުސްވާނެއެވެ.

ގިނައިރު ޗާރޖް ހިފެހެއްޓުމަށްޓަަކައި ކުރެވޭނެ ކަންތައްތަކެއްހުރެއެވެ. އެގޮތުން ގެންގުޅޭ ފޯނަކީ ޕަވަރ ސޭވިން މޯޑް އެނޭބަލް ކުރެވޭ ފޯނެއްކަމުގައިވާނަމަ ވަކިވަރަކަށް ޗާޖު ދަށްވުމުން މި ފީޗާ އޮން ކޮށްލެވިދާނެއެވެ. މި މޯޑް ފޯނު ލޮކްކޮށްލާފަ އޮންނަ ވަގުތުތަކުގައި ޑޭޓާ ، ވައިފައި، ބުލޫޓް ، ޖީޕީއެސް އޮޓޯއިން އޮފް ކޮށްލާނެއެވެ. އެހެންނަމަވެސް އެކި ފޯނުތަކުގައި މި ފީޗާރ ތަފާތުވެދާނެއެވެ.މީގެ އިތުރުން ވައިބްރޭޓަށް ލާފައި އޮތުމަކީވެސް އިތުރު ބެޓެރީ ޕަވަރ ބޭނުންކުރާ ކަމެކެވެ. ކޮންމެހެން ބޭނުންނުވާނަމަ އޮފްކޮށްލުން ބުއްދިވެރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް