އޮންލައިން ބޭންކިންގ ހިދުމަތަށް އޮތެންޓިކޭޓަރ އެޕް ބޭނުންކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސްއިން ހަމަޖައްސައިފިއެވެ.އެގޮތުން އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ ހިދުމަތް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް ( އޯޓީޕީ) އޮތެންޓިކޭޓަރ އެޕްސް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ބީ.އެމް.އެލް އިންވަނީ ހަމަޖައްސައިފައެވެ.
އޮތެންޓިކޭޓަރ އެޕަކީ ސްމާރޓް ފޯނާއި ޓެބްލެޓްގައި ހާއްސަ، އަދި ވަގުތެއްގެ ތެރޭގައި އެއްފަހަރު ބޭނުންކުރާ ގޮތަށް ކޮންމެ 30 ސިކުންތަކުން ކޯޑު ޖެނެރޭޓް ކުރެވޭ ގޮތަށް އިންސްޓޯލްކުރެވިފައިވާ އެޕްލިކޭޝަނެކެވެ. އަދި މިއެޕް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް ހާއްސަވާގޮތަށް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގައި ބޭނުންކުރެވޭ ގޮތަށް އެކްޓިވޭޓް ކުރެވޭނެކަމަށާއި އެޕް އެކްޓިވޭޓްކުރުމުން ޓްރާންސެކްޝަން ހެދުމަށް އޯޓީޕީ ލިބޭ ގޮތްތަކުގެ ތެރޭގައި އޮތެންޓިކޭޓަރވެސްހިމެނޭނެކަމުގައިބީ.އެމް.އެލްއިން މައުލޫމާތުދެއެވެ.
އޯތެންޓިކޭޓަރ އެޕް އެކްޓިވޭޓް ކުރައްވާނެ ގޮތްކަމުގައި ބީ.އެމް.އެލް.އިން ހިއްސާކުރައްވާފައިވާ ގޮތް.
އިންޓަރނެޓް ނުވަތަ މޮބައިލް ބޭންކިންގ އެޕަށް ލޮގިންކުރައްވާނީއެވެ.މޮބައިލް އެޕް މެދުވެރިކޮށް އޮތެންޓިކޭޓަރ އެކްޓިވޭޓް ކުރެއްވުމަށް 'މޯރ" އަށް ފިތާލުމަށްފަހު "އެޕްލިކޭޝަންސް" އިން އެކްޓިވޭޓްކުރައްވާނީއެވެ.އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކްޓިވޭޓްކުރައްވާނަމަ "ސެޓިންގްސް" އަށް ފިތާލުމަށްފަހު އެކްޓިވޭޓްކުރައްވޭނެއެވެ.އަދި ބޭނުންވާ އޮތެންޓިކޭޓަރ އެޕް ޑައުންލޯޑް ކުރެއްވުމަށްފަހު ޔުނީކް ކިއުއާރު ކޯޑް ސްކޭންކޮށްލުމަށްފަހު ވެރިފިކޭޝަން އަށާއި އެކްޓިވޭޓް ކުރެއްވުމަށް އޮތެންޓިކޭޓަރ ކޯޑު ޖައްސަވާނީއެވެ.
މިއެޕާއި ބެހޭގޮތުން ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވިދާޅުވީ " ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒްވޭ. މީގެ ނަތީޖާއަކީ އީމެއިލް އަށް އަންނަ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމަށް ފުރުސަތު ލިބިގެން ދިޔުން. އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތެއްގައިވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ."ކަމުގައެވެ.
20 ޑިސެމްބަރުން ފެށިގެން ޑިފޯލްޓްކޮށް (އޮޓޯއިން) އޯޓީޕީ އީމެއިލް މެދުވެރިކޮށް ނުލިބޭނެކަށާއި އަދި އީމެއިލް މެދުވެރިކޮށް ބޭނުންވާ ކަސްޓަމަރުންނަށް ވެރިފިކޭޝަން ޕޮރޮސެސަށްފަހު އީމެއިލްއަށް އޯޓީޕީ ލިބޭނެގޮތް ބީ.އެމް.އެލްއިން ހަމަޖައްސަދޭނެ ކަމުގައިވެއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ އައު ގޮތްތައް އިތުރުވަމުން އަންނައިރު އަދި އެފަދަ ފަރާތްތަކުގެ އުކުޅުތަކަށް ސަމާލުވެ ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް ބީ.އެމް.އެލް އިން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް