ގުޅީފަޅުގައި ހުރި އެކޮމޮޑޭޝަން ބްލޮކެއްގައި ރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި،އެ ހާދިސާގައި އަނިޔާވި 76 މީހަކަށް ދެ ހޮސްޕިޓަލެއްގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލުގައި 63 މީހަކަށް، އައިޖީއެމް ހޮސްޕިޓަލުގައި 13 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާ ހިނގި އެކަމޮޑޭޝަން ބްލޮކަކީ ބްރިޖް މަސައްކަތްކުރާ އެފްކޯންސް މަސައްކަތްތެރިން ތިބި އެކޮމޮޑޭޝަން ބްލޮކެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބުނީ 12:31 ހާއިރު ކަމަށާއި އަލިފާން ކޮންޓްރޯލް ކުރެވުނީ 1:52 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
މި ހާދިސާގައި އަނިޔާވި 76 މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ސީރިއަަސް ކަމަށް ފުލުހުން ބުނެއެވެ.
އަލިފާނުގެ ހާދިސާ ހިނގި އެކޮމޮޑޭޝަން ބްލޮކްގައި 465 މީހަކު އުޅެމުންދިޔަކަމަށްވެސް ސަލާމަތީ ހިދުމަތްތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް