އދ އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއް ކަމުގައިވާ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ މުވައްޒަފަކު އެ ރިސޯޓުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އެ ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ ދިވެހި މުވައްޒަފެކެވެ. ނަމަވެސް އެއީ ކޮން ރަށެއްގެ މީހެއްކަން އަދި ސާފުވެފައެއް ނުވެ އެވެ.
ފުލުހުން ބުނީ މިއަދު 2:30 ހާއިރު އެ ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާކަމަށާއި މާމިގިލީ ސިއްހީ މަރުކަޒުގެ ޑޮކްޓަރުން ބެލުމަށްފަހު އޭނާ އޮތީ މަރުވެފައިކަމަށް ބުނެފައިވާކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ފުލުހުންނާއި ޑޮކްޓަރުން ބެލި ބެލުމުން އޭނާގެ ހަށިގަނޑުގެ ބޭރަށް ޒަހަމްތަކެއް ލިބިފައިނެތްކަން ކަށަވަރުވެފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް