ފައިތިލަ ދަށުގައި މަސްތުވާތަކެތި ތަތް ކޮށްގެން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓު ސައިޒުގެ ހަތަރު ރަބަރު ޕެކެޓާއެކު ދެ މީހަކު ހައްޔަރުކޮށްފި އ...

16 Dec 2015 | 06:49

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓު ސައިޒުގެ ހަތަރު ރަބަރު ޕެކެޓާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 29 އަހަރުގެ ފިރިހެކެވެ.

ފުލުހުން ބުނީ މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ  ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 2015 ޑިސެމްބަރ 14 ވަނަ ދުވަހުގެ 22:25 ހާއިރު ފޮރިން މިނިސްޓްރީ ކުރިމަތިން ކަމަށެވެ.

"މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ ހަތަރު ރަބަރު ޕެކެޓް ފެނިފައިވަނީ މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައިފާސްކުރިއިރު އެ  ދެމީހުންގެ ފައިތިލައިގެ ދަށުގައި  ތަތްކޮށްފައި އިން މަލަންކޮޅެއްގެ ތެރެއިން" ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި ދެމީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިޔުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް