ޖެންޑާ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ހަވާލު ކުރައްވައިފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޖެންޑާ މިނިސްޓްރީ ހިންގެވުން ހައުސިން މިނިސްޓަރާ ހަވާލު ކުރެއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ޗުއްޓީއަށް ވަޑައިގެންނެވުމުންނެވެ.
އެޓާނީ ޖެނެރަލް އަނިލް ޗުއްޓީއަށް ވަޑައިގެންނެވީ އިއްޔެކަން ކަށަވަރުވެފައިވީ ނަމަވެސް އަނިލް ވަޑައިގެންނެވީ ކިހާ ދުވަހެއްގެ ޗުއްޓީއަކަށް ކަން ކަށަވަރު ވެފައެއް ނުވެ އެވެ.
އާންމުގޮތެއްގައި މިނިސްޓްރީ ހިންގެވުން އެހެން މިނިސްޓަރަކާ ހަވާލު ކުރައްވަނީ ހަތަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޗުއްޓީއެއް ނަގާނަމަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް