އުފަން ދުވަސް ފާހަގަކުރުމަށް އޮސްޓްރޭލިއާގެ ކުރީގެ ރީތީގެ ރާނީ ރާއްޖޭގައި

އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި އޮސްޓްރޭލިއާގެ ކުރީގެ ރީތީގެ ރާނީ، މިސް ޔުނިވާސް، މޮޑެލް، އަދި ޓީވީ ޕްރެސެންޓަރު ޖެނިފާ ހޯކިންސް އާއި އޭނާގެ ފިރިމީހާ ޖޭކް ވޯލް ރާއްޖެ އަތުވެއްޖެ އެވެ. މަޝްހޫރު ތަރ...

16 Dec 2015 | 03:08

އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި އޮސްޓްރޭލިއާގެ ކުރީގެ ރީތީގެ ރާނީ، މިސް ޔުނިވާސް، މޮޑެލް، އަދި ޓީވީ ޕްރެސެންޓަރު ޖެނިފާ ހޯކިންސް އާއި އޭނާގެ ފިރިމީހާ ޖޭކް ވޯލް ރާއްޖެ އަތުވެއްޖެ އެވެ.

މަޝްހޫރު ތަރިންގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި ބުނެފައިވާގޮތުން ޖެނިފާ އާއި އޭނާގެ ފިރިމީހާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އަމިއްލަ ފުށީ ގަ އެވެ. ޖެނިފާގެ އުފަން ދުވަހަކީ މި މަހުގެ 22 ވަނަ ދުވަހެވެ. މި އަހަރު ޖެނިފާއަށް 32 އަހަރު ފުރޭނެ އެވެ.

ޖެނިފާ އާއި އޭނާގެ ފިރިމީހާ އަމިއްލަ ފުށީގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު މިމީހުން ރާއްޖެ އައިސްފައިވަނީ އަމިއްލަ ޖެޓެއްގައި ކަމަށްވެސް ނޫސްތަކުގައި ބުނެފައި ވެ އެވެ.

ޖެނިފާ ހޯކިންސް އަށް ރީތީގެ ރާނީކަން ލިބިފައިވަނީ 2004 ވަނަ އަހަރު އެވެ. ހަމަ އެއަހަރު ޖެނިފާ އަށް މިސް ޔުނިވާސްގެ މަގާމުވެސް ލިބުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް