ރާއްޖެގައި ފިލްމެއް ނަގަން އުޅުނު ބިދޭސީ ބަޔަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ހުއްދަ ނުހޯދައި ފިލެމެއް ނަގަން އުޅުނު ބަޔަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ނެރެފައިވާ ބަޔާނެއްގަ...

16 Dec 2015 | 02:34

ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ހުއްދަ ނުހޯދައި ފިލެމެއް ނަގަން އުޅުނު ބަޔަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމީހުން ހައްޔަރުކޮށް ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނި ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް އިމިގްރޭޝަން ގާނޫނާއި ގަވާއިދާ ހިލާފައް މަސައްކަތްކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއި އެކުގައި ކަމަށެވެ.

މިފަދަ މީހުން ރާއްޖެއަށް ގެނައުމުގައި މެދުވެރިވާ އެޖެންޓުން ހަމަޖެހިފައިވާ އުސޫލުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން، މިފަދަ ކަންކަމަށް ބޭނުންވާ ހުއްދަ ހޯދުމަށްފަހު އެފަދަ ފަރާތްތައް ރާއްޖެއަށް ގެނައުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކޮން ގައުމަކަށް ނިސްބަތްވާ ބިދޭސީން ކަމެއް އަދި އެއީ ކިތައް ބިދޭސީން ކަން އިމިގްރޭޝަނުން އާންމުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް