މިއޮތީ މިރޭ ސަރުކާރުން އިޢުލާނުކުރި ބޯހިޔާވަހިކަމުގެ ސިޔާސަތު އަލިފުން ޔާއަށް !

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިރޭ މިވަނީ "ބޯހިޔާވަހިކަން އެންމެނަށް – ޢާއިލީ ބޯހިޔާވަހިކަން" މި ނަމުގައި ބޯހިޔާވަހިކަމުގެ ސިޔާސަތެއް އިޢުލާނުކޮށްފައެވެ. ދުވަހުން މި ބަލައި...

16 Nov 2025 | 18:37
N/A

N/A

ރައީސުލްޖުމްހޫރިއްޔާ

ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިރޭ މިވަނީ "ބޯހިޔާވަހިކަން

އެންމެނަށް – ޢާއިލީ ބޯހިޔާވަހިކަން" މި ނަމުގައި ބޯހިޔާވަހިކަމުގެ

ސިޔާސަތެއް އިޢުލާނުކޮށްފައެވެ.

ދުވަހުން މި

ބަލައިލަނީ އެ ސިޔާސަތަށް އަލިފުން ޔާޔަށް، ކުރުކޮށް ބުނަނީނަމަ ކުރުކޮށް ހުރިހާ

ތަފުސީލަކަށެވެ.

އެގޮތުން މި

ސިޔާސަތުގެ ދަށުން ހިންގޭނޭ އެންމެ މުހިންމު ޕްރޮގްރާމަކީ ޢާއިލީ ބޯހިޔާވަހިކަން

ޢާއިލީ ބޯހިޔާވަހިކަމުގެ

ތެރޭގައި ދެ ސްކީމެއް ހިމެނާފައިވޭ

އެއީ

01. މާލޭގައި ދިރިއުޅޭ

ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ ސްކީމް

02. މާލޭގައި ދިއިރުޅޭ

ފަރާތްތަކަށް ދިރިއުޅުމަށް ގޯތި ދޫކުރުމުގެ ސްކީމް

ދެން މި ދެ ސްކީމަށް ވަކި

ވަކިން ބަލައިލަމާ

މާލޭގައި ދިރިއުޅޭ ފަރާތްތަކަށް

ފްލެޓް ދޫކުރުމުގެ ސްކީމަށް ބަލައިލާއިރު މާލޭގަ ދިރިއުޅޭ ފަރާތްތައް ދެ ކެޓަގަރީއަކަށް

ބަހާލާފައިވޭ

އެއީ

01. މާލޭގައި ރަށްވެހިން

މާލޭގެ ރަށްވެހިން ތިން

ބަޔަކަށް ބަހާލާފައިވޭ

އެއީ

- އުފަންވީއްސުރެ

މާލޭގެ ރަޖިސްޓްރީގައި ޖެހިފައިވާ ފަރާތްތައް

- މާލޭ ރަށްވެހިންގެ ދަފުތަރުގައި

ޖެހިފައިވާ ފަރާތްތައް

- ފަހުން މާލޭގެ

ގެއެއްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް

ދެވަނަ ކެޓަގަރީއަކީ

02. މާލޭގައި ދިރިއުޅެމުންދާ

އެހެނިހެން ރަށްރަށުގެ ރަށްވެހީން

މާނަކޮށްފައިވަނީ އެއީ

މާލޭގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 15 އަހަރު ވެފައިވާ ފަރާތްތަކަށް

އެ ދެ ބަޔަށްވެސް

ފްލެޓް ދޫކުރުމުގެ އަސާސީ ފަސް ސަރުތެއް ވޭ

އެއީ

- ދިވެހި ރައްޔިތެއް

ކަމުގައިވުން

- އުމުރުން 18 އަހަރު ފުރިފައިވުން

- 400 އަކަފޫޓަށްވުރެ

ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތި ގެދޮރު މިލްކުވެފައިނުވުން

- ރިއަލް އެސްޓޭޓް

މާކެޓުން ހައުސިން ޔުނިޓެއް ގަނެފައިނުވުން ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ

ފައިސާ ދައްކަމުން ނުދިއުން

- ތިމާޔަށް ނުވަތަ

ފިރިމީހާ އަށް ނުވަތަ އަނބިމީހާއަށް ކުރިން ސަރުކާރުން ހިންގާފައިވާ

ބޯހިޔާވަހިކަމެއް ލިބިފައިނެތުން

ދެން މި ބަލައިލަނީ ފްލެޓަށް

އެދި ހުށަހަޅާ ދެ މޮޑެލަށް

ފުރަތަމަ މޮޑެލް އަކީ

އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް

މި މޮޑެލްގެ ދެ

ޝަރުތަކީ

01. ހައުސިން ޔުނިޓަށް

އެދި ހުށަހަޅާ ފަރާތަކީ މާލީ އިދާރާއަކުން ދޫކުރާ ހައުސިން ފައިނޭންސް

ފެސިލިޓީއަކަށް ޝަރުތު ހަމަވާ ފަރާތަކަށްވުން

02. ފުރަތަމަ ފަހަރަށް

ގެދޮރު ގަންނަ ނުވަތަ މިލްކުރުމަށް އެދޭ ފަރާތަކަށް ވުން

ދެވަނަ މޮޑެލްއަކީ

ރެންޓް ޓު އޯން މޮޑެލް

މި މޮޑެލް އަކީ 60

ހާހަށްވުރެ މަހު އާމްދަނީ ދަށް ފަރާތްތަކަށް ލިބޭނެ މޮޑެލް އެއް

ޕޮއިންޓް ދޭނެ

މިންގަނޑުތަކަށް ބަލައިލާއިރު

- ރަށްވެހިކަން ނުވަތަ ދިރިއުޅުނު

މުއްދަތަށް

- އެ ޢާއިލާއެއްގެ ގޯތި

ގެދޮރުގެ މިލްކުވެރިކަމަށް

- އެ ޢާއިލާގެ ބެލުމުގެ

ދަށުގައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާ މައިންބަފައިންނަށް އަދި

ޢާއިލާގެ ޙާލަތު އެއީ ދަރީންގެ ޢަދަދު އަދި ޞިއްޚީ ސަބަބުތަކާހެދި ދަރީން

ނުލިބޭނަމަ

މިކަން ކަމަށް

ބަލައިލާނެ

ދެން މި ބަލައިލަނީ ގޯތި

ސްކީމަށް

މާލޭގަ ދިރިއުޅޭ

ފަރާތްތަކަށް ދިރިއުޅުމަށް ގޯތި ދިނުމުގެ މި ސްކީމްގެ ދަށުން ދެ ބަޔަކަށް ގޯތި

ދޫކުރުމަށް ހަމަޖެހިފައިވޭ

އެއީ

01. މާލޭ ރަށްވެހިން

* މި ކެޓަގަރީއަށް ގޯތި

ދެވޭނީ ގްރޭޓާ މާލެ ސަރަހައްދުންނާ ރަސްމާލެއިން

ފްލެޓް ސްކީމެކޭ

އެއްގޮތަށް ހަމަ މާލޭ ރަށްވެހީންވެސް ތިން ބަޔަކަށް ބެހިފައިވޭ

އެއީ

- މާލޭ ރަޖިސްޓްރީގައި

ފެށުނީއްސުރެ ޖެހިފައިވާ ފަރާތްތައް

- މާލޭ ދަފްތަރުގައި

ޖެހިފައިވާ ފަރާތްތައް

- ފަހުން މާލޭގައި

ރަޖިސްޓްރީވެފައިވާ ފަރާތްތައް

* މި ސްކީމަށް އެދެވޭނީ

މާލޭ ރަށްވެއްސަކަށްވެ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށް

02. މާލޭގައި

ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިން

* މި ފަރާތްތަކަށް ގޯތި

ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން

ފްލެޓް ސްކީމެކޭ

އެއްގޮތަށް ހަމަ މި ސްކީމަށްވެސް އެދެވޭނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ

ފަރާތްތަކަށް

މާލޭ ރަށްވެހީންނަށް

އަދި މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހީންނަށް ގޯތި ދިނުމަށް

ނުވަ ޝަރުތުތަކަށް ބައިލާއިރު

- ދިވެހި ރައްޔިތެއް

ކަމުގައިވުން

- އުމުރުން 18 އަހަރު

ފުރިފައިވުން

- 400 އަކަފޫޓަށްވުރެ ބޮޑު

ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވުން

- 400 އަކަފޫޓަށްވުރެ

ކުޑަ ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިވާނަމަ އެ ބިމެއް ސަރުކާރުން

ކަނޑައަޅާގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން

- މައިންބަފައިން

ނުވަތަ ފަރާތުން ވާރުތައިގެ ގޮތުގަ ނުވަތަ ހިބައިން ބިމެއް ނުވަތަ ބިމުން ބައެއް

ލިބެން އޮތްނަމަ ސަރުކާރުން ކަނޑައަޅާގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވުން

- އެއްމެދު ގޯއްޗެއް

ރަޖިސްޓްރީކޮށްފައިވާނަމަ ގޯތި ބަހައިގެން ލިބޭ ބައި ގޯތީގެ ބާކީ ތިބި ފަރާތްތަކަށް

ދޫކޮށްލަން އެއްބަސްވުން

- ފާއިތުވި ފަސް އަހަރުގެ

ތެރޭގައި އަމިއްލަ ގޯއްޗެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯހައުސް އެއް ނުވަތަ

އެއްމެދު އިމާރާތެއްގެ ފްލެޓެއް އެހެން ފަރާތަކަށް ވިއްކާ ހިބައިން ދީފައިނުވުން ނުވަތަ

އެހެން ފަރާތަކަށް ދޫކޮށްލާފައިނުވުން

- އެއްމެދު

އިމާރާތަކުން އަމިއްލަ ނަމުގައި ހައުސިން ޔުނިޓެއް ގަނެފައިވާ ފަރާތަކަށް ނުވުން

އަދި ވެށިފަހި މާލޭ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާފައިވާ ބިމުގެ ބަދަލުގައި

ހުޅުމާލެއިން ލިބިފައިވާ ގޯތި އެހެން ފަރާތަކަށް ވިއްކާ ހިބައިންދީ ނުވަތަ

ދޫކޮށްލާފައިނުވުން

*ޕޮއިންޓް ދެވޭނީ

މާލޭގަ ރަށްވެހިކަން ނުވަތަ ދިރިއުޅުނު މުއްދަތަށް

އެގޮތުން

- އެ ޢާއިލާއެއްގެ ގޯތި

ގެދޮރުގެ މިލްކުވެރިކަމަށް

- އުމުރުފުރާޔަށް އަދި

ޢާއިލާގެ ޙާލަތަށް

- ދަރިންގެ ޢަދަދު ނުވަތަ

ޞިއްޙީ ސަބަބުތަކާހެދި ދަރިން ނުލިބޭނަމަ އެކަމަށް ބަލައިލާނެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް