N/A
މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ރިސާރޗް ކޮންފަރެންސް 2025 މިއަދު ވިލާ ނޯޓިކާ
ޕެރެޑައިޒް އައިލޭންޑް ރިޒޯޓުގައި ފަށައިފިއެވެ.
މިއީ މި
ކޮންފަރެންސްގެ ތާރީޚުގައި އެންމެ ގިނަ ބައިވެރިން ބައިވެރިވި ފަހަރެވެ. ނޮވެމްބަރ
16-17 ގައި ބާއްވާ ދެ ދުވަހުގެ ކޮންފަރެންސްގައި 240 އަށްވުރެ ގިނަ ބައިވެރިން
ބައިވެރިވެއެވެ. މިއީ ފާއިތުވި އަހަރަށްވުރެ ދެގުނައަށްވުރެ ގިނަ އަދަދެއް ކަމަށް
އެމްއެމްއޭއިން ހާމަކުރެއެވެ.

މިއަހަރުގެ
ކޮންފަރެންސްގައި އެމްއެމްއިން އަލަށް ތާޢާރަފްކުރި އިކޮނޮމިކް އަދި
ފައީނޭންޝިއަލް މެގަޒިން "ދި އައިލޭންޑް އިކޮނޮމިސްޓް" ވަނީ
ތަޢާރަފްކޮށްފައެވެ. މި މެގަޒިން ލޯންޗްކޮށްދެއްވީ ކޮންފަރެންސްގެ ޝަރަފުވެރި
މެހެމާނު އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީޢުއެވެ. އޭގެއިތުރުން
އެމްއެމްއޭގެ ރިސާރޗް ޖާނަލް "މޯލްޑިވްސް ޖާނަލް އޮފް އިކޮނޮމިކްސް އެންޑް
ފައިނޭންސް" ވަނީ ލޯންޗުކޮށްފައެވެ. މި ޖާނަލް ލޯންޗްކޮށްދެއްވީ މެލޭޝިއާގެ
އިންސީފް ޔުނިވާސިޓީގެ ޕްރެފެސަރ އަދި އެސޯސިއޭޓް ޑީން ޑރ. އާއިޝަތު މުނީޒާއެވެ.
މި ކޮންފަރެންސަގައި ވަނީ ތަމްވީލް ފިންލިޓް ފެސްޓިވަލް 2025 ގެ މުބާރާތްތަކުގެ ފައިނަލަށް
ދިޔަ ފަރާތްތަކަށް ވަނަތަކާއި ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.

އެމްއެމްއޭއިން
ހާމަކުރާގޮތުގައި ތަމްވީލް ފިންލެޓް ފެސްޓިވަލް ޕްރޮގްރާމްގައި 140 ބައިވެރިން
ބައިވެރިވިއެވެ. މީގެ ތެރެއިން ގިނައީ ސްކޫލް ދަރިވަރުންނެވެ. މި ޕްރޮގްރާމްގެ
މަޤްޞަދަކީ މާލީ ހޭލުންތެރިކަން އިތުރުކޮށް، އިޤްތިޞާދީ ގޮތުން ޒުވާނުންގެ
ބައިވެރިވުން އިތުރުކުރުމެވެ.

މިއަހަރުގެ
އެމްއެމްއޭ ރިސާރޗް ކޮންފަރެންސްގައި އިލްމީ ދިރާސާ ކަރުދާސްތައް ފާހަގަކޮށްލެވޭ
މިންވަރަށް އިތުރުވެފައިވެއެވެ. މި ކޮންފަރެންސްގައި 40 ދިރާސީ ޕޭޕަރު ހުށަހަޅާ
ފަރާތްތައް ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 20 އަށްވުރެ ގިނަ
ބައިނަލްއަޤްވާމީ ދިރާސާވެރިން ހިމެނެއެވެ. މީގެއިތުރުން، އެމްއެމްއޭއަށް ރިސާރޗް
ފަންޑްތަކަށް 39 ހުށަހެޅުމާއި، މިއަދު ލޯންޗުކުރި އެމްއެމްއޭ މަޖައްލާ ދި އަލއިލޭންޑް އިކޮނޮމިސްޓް މަޖައްލާއަށް
20 ލިޔުން ލިބިފައިވެއެވެ.

އެމްއެމްއޭގެ
ރިސާޗް ކޮންފަރެންސަކީ 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ
ކޮންފަރެންސެކެވެ. މިއީ މި ކޮންފަރެންސް ބާއްވާ ދެވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް