އަމްބާނީގެ ދަރި މަކުނުދޫއަށްގޮސް ކުކުޅަކާއި މުސަޅެއް ގަނެފި

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރި އާނަންތު އަމްބާނީ މިއަދު ހދ. މަކުނުދުއަށްގޮސް އެ ރަށުން މުސަޅަކާއި ކުކުޅެއް ގަނެފިއެވެ. ދުވަހަށް އެ ރަށުން މައުލޫމާތުދިން މީހަކު ބުނެފައިވަނީ އެ ރަށަށް އާނަނ...

16 Nov 2024 | 15:18

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރި އާނަންތު އަމްބާނީ މިއަދު ހދ. މަކުނުދުއަށްގޮސް އެ ރަށުން މުސަޅަކާއި ކުކުޅެއް ގަނެފިއެވެ.

ދުވަހަށް އެ ރަށުން މައުލޫމާތުދިން މީހަކު ބުނެފައިވަނީ އެ ރަށަށް އާނަންތު އަދި އޭނާގެ ޓީމުގައި ހިމެނޭ ބަޔަކު ދިޔައީ ޖެޓްސްކީގައި ކަމަށާއި ބަނދަރުމަތިން ދިމާވި މީހުން ގާތު ބުނެގެން ރަށުތެރެއިން ކުކުޅަކާއި މުސަޅެއް ގަނެގެން ދިޔައީ ކަމަށެވެ.

އާނަންތު އެ ކުކުޅާއި މުސަޅު ގަތް އަގު ސާފެއް ނޫނެވެ. އެހެން ނަމަވެސް އެ ރަށުން ވާހަކަދެއްކި އެކަކު ބުނީ ކުކުޅު ގަތީ 400 ރުފިޔާއަށްކަމަށާއި މުސަޅު ގަތް އަގު ސާފުނުވާކަމަށެވެ. އާނަންތު ގަތީ ތިން މުސަޅު ކަމަށް އެއް ބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ އޭނާ ގަތީ އެންމެ މުސަޅެއް ކަމަށެވެ.

އާނަންތު އަމްބާނީ މަޝްހޫރުވެގެންދިޔައީ އޭނާގެ ކައިވެނީގެ ހަފްލާއާއި ގުޅިގެންނެވެ. އެކި ފޭޒް ތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ކައިވެނީގެ އެކި ރަސްމިއްޔާތުތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަރިންނާއި މަހުޖަނުން ގެންދިޔައެވެ.

އާނަންތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައިކަން އަދި ރާއްޖެއައީ ކޮން އިރަކުކަންވެސް ސާފެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް