ޕެރަގުއޭ ސަޕޯޓަރުން މެސީ ރުޅިއެރުވީ ރޮނާލްޑޯގެ ޖާޒީ ދައްކައިގެން. ހުރިހާ ރުޅިއެއް ބޭލީ ރެފްރީއަށް!

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން މަންޒަރު ވަރަށް ސާފެވެ. ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ރުޅިގަނޑު މެޗުގައި ރެފްރީކަން ކުރި ރެފްރީއަށް ބާލާލި މަންޒަރެވެ ވޯ...

16 Nov 2024 | 15:14

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން މަންޒަރު ވަރަށް ސާފެވެ. ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ރުޅިގަނޑު މެޗުގައި ރެފްރީކަން ކުރި ރެފްރީއަށް ބާލާލި މަންޒަރެވެ ވޯލްޑްކަޕް ކޮލިފައިން މެޗެއްގައި ޕެރަގުއޭ އާއި ދެކޮޅަށް ކުޅެ 1-2 އިން އާޖެންޓީނާ ބަލިވިމެޗުގައެވެ.

މި ދައްކަނީކީ އާދައިގެ ކުޅުންތެރިއެއްގެ ވާހަކައެއް ނޫންނެވެ. ވޭތުވެ ދިޔަ 15 ވަރަކަށް އަހަރު ދުނިޔޭގެ ފުޓުބޯޅައިގައި ރަސްކަން ކުރި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރުޔާގެ ވާހަކައެވެ. އެއީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ.

ވަރަށް ގާތްގާތުގައި ދެ ނާކާމިޔާބީއާއި ކުރިމަތި ލާން ޖެހުމުން އެޗަރުގެ ކަމެއް ވެދާނެކަމަށް ބެލެވެއެވެ. އެމެރިކާ ލީގު ކަޕްގެ ޕްލޭއޮފް މެޗުން ބަލިވެ، އިންޓަމިއާމީ މުބާރާތުން ކެޓުމާއި، ވޯލްޑް ކަޕް ކޮލިފައިން މެޗުގައި ޕެރަގުއޭއަތުން ބަލިވުމަކީ މެސީއާއި ދާދި ގާތްގާތުގައި ކުރިމަތިލާން ޖެހުނު ބޮޑު ދެ ނާކާމިޔާބީއެެވެ.

ފުޓުބޯޅަ އަކީ އަބަދުމެ މޮޅުވުން އޮންނަ ކުޅިވަރެއް ނޫންނެވެ. ބަލިވެސް ވާނެ އެވެ. މޮޅުވާ ފަހަރުވެސް އަންނާނެއެވެ. އެހެން ނަމަވެސް ދުނިޔޭގެ ފެންވަރުގައި ފުޓުބޯޅައިގެ މޮޅެތި ކުޅުންތެރިންނަކީ އަންނަން އޮތް ޖީލަށް ނަމޫނާ ދައްކަން ތިބި ކުޅުންތެރިންކަމުގައި ދެކެމެވެ. މެޗަކުން ބަލިވިޔައް ދަނޑުމަތީގައި ހުތުރު މަންޒަރުތައް ދެއްކުމަކީ އެހާ ރަނގަޅުކަމެއް ކަމަކަށް ގިނަ މީޙުން ނުދެކެއެވެ.

ދައްކަން މިއުޅޭ ވާހަކައަކީ އެންމެ ފަހުން ޕެރަގުއޭއާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުންގައި ޕެރަގުއޭ ސަޕޯޓަރުން ވެސް މެސީ ރުޅިއެރުވީއެވެ. މެސީއާއި އެންމެ ވާދަވެރި ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯގެ ހަތް ނަމްބަރު ޖާޒީ ދައްްކައިގެން މެސީއާއި ދިމާކޮށް އެއްޗެހިކިޔައިގެންނެވެ. ހަގީގަތުގައި ވެސް މެސީ ހުރީ ވަރަށް ރުޅިގަދަވެފައެވެ. އެ ރުޅިމަތީގައި މެޗުގެ ރެފްރީކަން ކުރި ރެފްރީގެ އެއްވެސް ނިންމުމެއް މެސީ ބަަލައިނުގަތެވެ. ރެފްރީގެ ކޮންމެ ކަށިގަނޑެއްގެ އަޑާއި އެކު މެސީ ވީ އިތުރަށް ރުޅިގަދައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން އެކަންޏެއް ނޫނެވެ. ބައެއް މަންޒަރު ދުއް މީހުންނާއި މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެޗު ނިމުމުންވެސް މެސީ ވަނީ ރެފްރީއާ ދިމާކޮށްފައެވެ. އަދި ރެފްރީގެ ނިންމުންތަކާއި މެދު ވަރަށް ހިތްހަމަ ނުޖެހުން ފާޅުކޮށް ރެފްރީއަށް ހަޑިހުތުރުބަހުން އެއްޗެހިވެސް ކީކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް