އެމްއެންޑީއެފުން ޑްރޯން ބޭނުންކޮށްގެން އޮޕަރޭޝަނެއް ހިންގައިފި

ޑްރޯން ބޭނުންކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ފޯސްގެ އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގު...

16 Nov 2024 | 13:58

ޑްރޯން ބޭނުންކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ފޯސްގެ އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ޑްރޯނުން ވަނީ ބޭރު ޤައުމެއްގެ ބޯޓެއް، ޤާނޫނާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދުގައި އުޅެނިކޮށް ލޮކޭޓްކޮށްފައި ކަމަށެވެ.

އަދި ކޯސްޓްގާޑުން މި ބޯޓް އިންޓަރސެޕްޓް ކުރުމަށްފަހު މިހާރު ވަނީ ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް