ސައިފް އަލީ ޚާންގެ ފިރިހެން ދަރި އިބްރާހިމް އަލީ ޚާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ލޯބިވެރިޔާ ޕަލަކް ތިވާރީއާއިއެކުގައި ކަމުގައި ފޭނުން ބުނެފިއެވެ.
ފިލްމީ ތަރި ސްވޭތާ ތިވާރީގެ ދަރި ޕަލަކް ތިވާރީވެސް މިވަގުތު ހުރީ ރާއްޖޭގައެވެ. ޕަލަކް އަދި އިބްރާހިމްވެސް އަންނަނީ ދެ މީހުންގެ އިންސްޓްގްރާމް އެކައުންޓަށް ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ މަންޒަރުތައް އަޕްލޯޑް ކުރަމުންނެވެ.
ޕަލަކްގެ އިންސްޓަގްރާމް ޕޯސްޓުތަކުން އެނގޭގޮތުގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ފުރަވެރި މޯލްޑިވްސްގައެވެ. ނަމަވެސް އިބްރާހިމްގެ ޕޯސްޓްތަކުގައި ކޮން ރިސޯޓެއްކަން ބުނެފައެއް ނުވެއެވެ.
އެހެންނަމަވެސް ދެމީހުންގެ އިންސްޓަގްރާމް ޕޯސްޓްތަކަށް ބަލައި ފޭނުން ނިންމާފައިވަނީ އެ ދެ ތަރިންވެސް ޗުއްޓީ ހޭދަކުރަމުން އަންނަނީ އެއް ރިސޯޓެއްގައި އެކުގައި ކަމަށެވެ. ޕަލަކްގެ އެއް ވީޑިއޯއިން އިބްރާހިމް ކޮންމެވެސް ވަރަކަށް ފެންނަކަމަށްވެސް ފޭނުން ބުނެފައިވެއެވެ.
ޕަލަކް އާއި އިބްރާހިމް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ދެ ތަރިންވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ފިލްމީ ދާއިރާއަށް ބަލާއިރު ސައިފްގެ ދަރި އިބްރާހިމް ވަނީ މިހާތަނަށް ތިން ފިލްމެއް ކުޅެފައެވެ. އެއީ ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީއާއި ސަރްޒަމީން އާއި ތަޝަން އެވެ.
ސްވޭތާ ތިވާރީގެ ދަރި ޕަލަކް ތިވާރީގެ ފާހަގަކޮށްލެވޭ ފިލްމަކީ ސަލްމާން ޚާން އާއެކު ކުޅުނު ކިސީކާ ބާއި ކިސީކާ ޖާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް