ހުޅުމާލޭގައި ރޭގައި ހިންގި މާރާމާރީއަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ރާކަނި ބީޗްގައި ރޭގައި ހިންގި މާރާމާރީއަކާއި ގުޅިގެންނެވެ. ހައްޔަރުކުރި މީހާގެ ވަނަވަރު އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑީއޯއަކުން ފެންނަގޮތުގައި ބަޔަކު ރާކަނި ބީޗްގައި ތިބި ވަގުތެއްގައި މީހަކު އެތެރެއަށްވަދެ ގޮނޑިއަކުން މީހެއްގެ ގައިގާ ޖަހައެވެ. އެއަށްފަހު ދެ ފަރާތުގެ ދެމެދުގައި ކުރިމަތިލުންތަކެއް ފެނިގެންދެއެވެ. އެތާނގައި ތިބި އާންމުން ދެމީހުން ދުރުކުރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް