ހައިކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަން ކުރުމަށް ނިންމައިފި

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހއ.އިހަވަންދޫ، އަންބަރީގެ، ޢަބްދުލްމާނިޢު ޙުސައިން އައްޔަން ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން މިއަދުބުނެފައިވަނީ ދިވެހިރާއްޖޭ...

16 Nov 2023 | 11:20

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހއ.އިހަވަންދޫ، އަންބަރީގެ، ޢަބްދުލްމާނިޢު ޙުސައިން އައްޔަން ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދުބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާނުގެ ދަށުން "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އިންޓަރވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ހއ.އިހަވަންދޫ، އަންބަރީގެ، ޢަބްދުލްމާނިޢު ޙުސައިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2023 ނޮވެންބަރު 15 ވަނަ ދުވަހު ބޭއްވުނު މިކޮމިޝަންގެ 74 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައިކަމަށެވެ.

އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗެލަރސް ޑިގްރީ ޙާސިލްކުރައްވާ ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާފައިވާ ބޭފުޅެއްކަމާއި 2013 ވަނަ އަހަރުން ފެށިގެން ވަކީލުކަމުގެ ވަޒީފާ އަދާކުރައްވާފައިވާއިރު ޝަރުޢީ ދާއިރާގައި ނުވަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާކަން ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް