ގެދޮރުވެރިޔާ ފްލެޓްގެ ކަންކަން ހުއްޓާލުމަށް އޭސީސީން އަނެއްކާވެސް އަންގައިފި

ގެދޮރުވެރިޔާ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އަލުން ފައިނަލްކޮށް މިރޭ ދާއިމީ ލިސްޓު ނެރެފައިވަނިކޮށް އެ ފްލެޓްތަކުގެ ކަންކަން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ އަނެއްކާވެސް އަ...

15 Nov 2023 | 19:02

ގެދޮރުވެރިޔާ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އަލުން ފައިނަލްކޮށް މިރޭ ދާއިމީ ލިސްޓު ނެރެފައިވަނިކޮށް އެ ފްލެޓްތަކުގެ ކަންކަން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ އަނެއްކާވެސް އަންގައިފިއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އޭސީސީންވަނީ އެކަން އަންގައި ހައުސިން މިނިސްޓްރީއަށް މިރޭ ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި އެ މަޝްރޫއުގެ ލިސްޓާއި ލިސްޓަށް ލިޔުން ދޫކުރުމާއި އެންމެހާ ކަންކަން ހުއްޓާލުމަށް އަންގާފައިވާކަންވެސް އެނގިފައިވެއެވެ.

އޭސީސީން އަނެއްކާވެސް އެކަން ހުއްޓުވާފައިވާއިރު ފުރަތަމަ ފަހަރަށް ދާއިމީ ލިސްޓު ނެރުމުންވެސް އޭސީސީން އެކަން ހުއްޓުވިއެވެ. އެހެންނަމަވެސް އޭރު ހުއްޓުވީ ޝަކުވާގެ ފުރުސަތު ދިނުމަށް އެދިއެވެ.

މިއަދު ހައުސިން މިނިސްޓްރީން އަނެއްކާވެސް ދާއިމީ ލިސްޓު ނެރުނީ ޝަކުވާތައް ބެލުމަށްފަހުގައި ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް