ފޮޓޯ: ފުލުހުން މިއަހަރު ޓޭޒާ ގަން ބޭނުން ކުރަން ފަށަނީ

ފުލުހުން މިއަހަރު ޓޭޒާ ގަން ބޭނުން ކުރަން ފަށާނެކަން އިއުލާނު ކުރެއްވީ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ދިމާކޮށް ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަ...

16 Nov 2022 | 18:57

ފުލުހުން މިއަހަރު ޓޭޒާ ގަން ބޭނުން ކުރަން ފަށާނެކަން އިއުލާނު ކުރެއްވީ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ދިމާކޮށް ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ސީޕީ ވިދާޅުވީ މި ގަން ބޭނުން ކުރާނީ ނުރައްކާތެރި ކުށްވެރިންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ކަމަށެވެ. އެފަދަ އޮޕަރޭޝަންތަކުގެ ގޮތުގައި ފާހަގަ ކުރެއްވީ ޓެރަރިޒަމާއި ވައިލަންޓް ކުށްތަކުގައި ވަޅި އާއި ކަނޑި އާއި ކަތިވަޅި ހިފައިގެން ކުށްވެރިން ކުރާ ކުށްތައް ހުއްޓުވުމެވެ.

އަހަރު ނިމުމުގެ ކުރިން ޓޭޒާ ގަން ބޭނުން ކުރުމަށް މިހާރު ދަނީ ފުުލުހުން ތަމްރީން ކުރަމުންނެވެ. ފުލުހުން އަތުގައި މިވަގުތު އޮތީ 25 ޓޭޒާ ގަން އެވެ. ޓޭޒާ ގަން ބޭނުން ކުރާއިރު ފުލުހުން ތިބޭނީ ބޮޑީ ކެމެރާ އަޅައިގެންކަމުގެ ޔަގީންކަން ސީޕީ ދެއްވި އެވެ.

ފުލުހުންގެ އޮޕަރޭޝަންތަކުގައި މި ގަންތައް އަތޮޅުތެރޭގައިވެސް ބޭނުން ކުރާނެ އެވެ.

ސީޕީ ވިދާޅުވިގޮތުގައި ޓޭޒަ ގަން އަކީ، ޕެޕަ ސްޕްރޭއަށް ވުރެ ވެސް ރައްކާތެރި އެއްޗެކެވެ. ޓޭޒާ ގަންއަކީ ހަށިގަނޑަށް ކަރަންޓު ޝޮކެއް ދޭ އެއްޗެކެވެ. ޓޭޒާ ގަން ޖެހުމުން ފަސް ސިކުންތައް އޭގެ އަސަރު އެމީހެއްގެ ހަށިގަނޑުގައި ހުންނައިރު ގަން ޖެހުމުން އެމީހަކު ވަގުތުން ބިން މައްޗަށް ވެއްޓޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް