ފޮޓޯ: އާރުޓީއެލްގެ ޅ. އަތޮޅު ފެރީތައް ފުރުން، މާދަމާ ދަތުރުތައް ފަށާނެ

ޅ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ ފެރީތައް ފުރީ މިއަދު ހެނދުނު އެވެ. އެމްޓީސީސީން ބުނީ އެ އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް މާދަމާ ހެނދުނު ރަސްމީކޮށް ފެށޭނެ ކަމަށެވެ. އެހެނ...

16 Nov 2022 | 18:42

ޅ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ ފެރީތައް ފުރީ މިއަދު ހެނދުނު އެވެ. އެމްޓީސީސީން ބުނީ އެ އަތޮޅުގައި ހައި ސްޕީޑް ފެރީގެ ހިދުމަތް މާދަމާ ހެނދުނު ރަސްމީކޮށް ފެށޭނެ ކަމަށެވެ.

އެހެން އަތޮޅުތަކެކޭ އެއްގޮތަށް ޅ. އަތޮޅުގައިވެސް ފުރަތަމަ ހަފްތާގައި ހިދުމަތްދޭން ނިންމާފައިވަނީ ހިލޭ އެވެ. އެއީ ހިދުމަތަށް އާންމުން އަހުލުވެރި ކުރުވުމަށެވެ.

ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހަތަރު ރަށުގައި ހިދުމަތް ދިނުމަށް ފޮޮނުވާފައިވަނީ ދެ ލޯންޗެވެ. އެ ލޯންޗުތަކުގައި މަޑިވަރު އެއާޕޯޓާއި އަތޮޅުވެރިކަން ކުރާ ރަށް ނައިފަރަށް ދަތުރު ކުރެވޭނެ އެވެ.

މިދަތުރުތަކުގެ އަގު ވަރަށް އަވަހަށް ކަނޑައަޅާނެ އެވެ. އަގުތައް ހުންނާނީ 35 ރުފިޔާ އިން ފެށިގެން 125 ރުފިޔާއާ ދޭތެރޭގައި އެވެ.

މިއީ އާރުޓީއެލް ސްޕީޑް ފެރީ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިދުމަތް ދޭން ފެށި ފުރަތަމަ އަތޮޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް