ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުން އިއްޔެ ކަރަންޓު ކެނޑުނު މައްސަލައިގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހިޔާ ފްލެޓުތަކަށް އިއްޔެ ހަތަރު ގަޑިއިރެއްގާއިރަށް ކަރަންޓާއި ފެން ނުލިބި ހުއްޓެވެ. އެ ވަގުތުތަކުގަިއ ލިފްޓު މަސައްކަތް ނުކުރުމުގެ ސަބަބުން އިތުރު ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހުނެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ ހިޔާ ޓަވަރުތަކުން ކަރަންޓު ކެނޑުނީ އެ ސަރަހައްދުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރަމުންދާ މަޝްރޫއެއްގެ މަގު ކޮނުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ. މަގު ކޮނުމުގެ މަސައްކަތް ކޮށްފައިވަނީ ނަގަންޖެހޭ ހުއްދަތައް ނުނަގައި ގަވައިދާ ހިލާފަށް ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި މަގުކޮނެގެން އެއްވެސް މަސައްކަތެއް ކުރާނަމަ އެޗްޑީސީގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ހުއްދަ ނެގުމަށްވެސް އެޗްޑީސީން ހަނދާންކޮށްދީފައިވެ އެވެ.
ހިޔާ ޓަވަރުގެ ހުރިހާ ފްލެޓަކުން ކަރަންޓު ކެނޑިފައިވަނީ އިއްޔެ ހެނދުނު 11:15 ހާއިރު އެވެ. އަދި ޓަވަރުތަކަށް ކަރަންޓު އަނބުރާ ދޭންފެށީ2:50 ގެ ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް