ޓެކްސް ބިލު ފާސްވުމުން، މަޝްރޫއުތައް ކުރިޔަށް ގެންދަން އިތުރު ބާރެއް ލިބިއްޖެ: އަމީރު

ސަރުކާރުން ހުށަހެޅިގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްވުމަކީ ލިބުނު ބާރެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. ރައްޔިތު...

16 Nov 2022 | 12:03

ސަރުކާރުން ހުށަހެޅިގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްވުމަކީ ލިބުނު ބާރެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ޓެކްސް ބިލު ފާސްވީ55 މެމްބަރުންގެ ތާއީދާއި އެކު އެވެ، ދެކޮޅަށް ވޯޓު ދެއްވީ26 މެމްބަރުންނެވެ.

ބިލު ފާސްވުމުން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެކްސްއަށް ބަދަލު ގެންނަން މަޖިލީހުން ފާސްވެގެން ދިޔުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް ސަރުކާރުން ކުރިޔަށްގެންދާ މަސައްކަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިޔުމަށް ލިބުނު އިތުރު ބާރެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބޮޑެތި އިގްތިސާދީ ދަތިތަކުން އަރައިގަނެ ރާއްޖެ، ދުނިޔެއަށް މިސާލު ދައްކާފައިވާ ކަމަށެވެ. އެގޮތުން ގޮންޖެހުންތަކާއެކުވެސް، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބޭނުންވެފައިވާ އެތައް އުމްރާނީ، އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މަޖިލީހުން މިއަދު ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށަނީ އަންނަ އަހަރުން ފެށިގެންނެވެ. އޭރުން މިހާރު ޖީއެސްޓީގެ ގޮތުގައި ނަގަމުން އަންނަ ހަ ޕަސެންޓު އަށް ޕަސެންޓަށް ބޮޑުވާނެ އެވެ. އަދި ޓީޖީއެސްޓީގެ12 ޕަސެންޓު16 ޕަސެންޓަށް ބޮޑުވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް