މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ތާއީދުކޮށް ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވޯޓުދެއްވައިފި އެވެ.
އެ ވޯޓު55 މެމްބަރުންގެ ތާއީދާއި އެކު ފާސްކުރީ ސަރުކާރުން ބޭނުންވިގޮތަށް އެއްވެސް ބަދަލެއް ނުގެނެސްއެވެ. ބިލާއި ދެކޮޅަށް26 މެމްބަރުން ވޯޓު ދެއްވި އެވެ.
ބިލަށް ތާއީދުކޮށް ހުސައިން ވޯޓު ދެއްވި އިރު ޕީޕީއެމްއިން އޮތީ ބިލާ ދެކޮޅަށް ވޯޓުދޭން ނިންމައި ތްރީލައިން ވިޕެއް ނެރެފައި އެވެ. އަދި ވޯޓަށް އެހި ވަގުތުވެސް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ މެމްބަރުން ދިޔައީ ބިލާއި ދެކޮޅަށް ތަޅުމުގައި އިހުތިޖާޖު ކުރަމުންނެވެ.
މިމައްސަލައިގަ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މީޑިއާގައި ވިދާޅުވީ އެ މައްސަލައިގަ ޕާޓީގެ ތެރޭގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށެވެ. އަދި ހުސައިންގެ އެ އަމަލު ޕާޓީގެ ނިންމުމާއި ހިލާފު ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް