ބިދޭސީއެއްގެ ނަމުގައި އެވަރެޖްކޮށް 5،000 ސިމް ނަގާފައި އެބަހުރި!

ބިދޭސީއެއްގެ ނަމުގައި އެވަރެޖްކޮށް ރާއްޖޭގައި5،000 ސިމް ކާޑު ނަގާފައި އެބަހުރި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. ސީޕީ މިހެން ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގ...

16 Nov 2022 | 08:22

ބިދޭސީއެއްގެ ނަމުގައި އެވަރެޖްކޮށް ރާއްޖޭގައި5،000 ސިމް ކާޑު ނަގާފައި އެބަހުރި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސްކޭމް ކޯލުތަކާއި ފްރޯޑާއި ގުޅޭ ގިނަ ކުށްތައް ކުރަމުންދަނީ ފޯނު މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ކަމަށެވެ. އެ ކުށްތައް ހުއްޓުވުމަށް ގިނަ މަސައްކަތްތައް ކުރެވުނުކަން ފާހަގަކޮށް ލިބިފައިވާ މައުލޫމާތާއި ހޯދުނު ކުރިއެރުންތަކުގެ ތަފްސީލް ދެއްވި އެވެ.

ސީޕީ ވިދާޅުވީ މައްސަލަތައް ތަހުގީގު ކުރުމުގެ ތެރެއިން އެނގުނު ގޮތުގައި ރާއްޖޭގައި ގަނެފައިވާ ސިމްކާޑުތަކުގެ ތެރެއިން އެންމެ ގިނަ ކާޑު ގަނެފައިވަނީ ބިދޭސީންގެ ނަމުގައި ކަމަށެވެ. އަދި ކޮންމެ ބިދޭސީއަކަށް އެވަރެޖްކޮށް5،000 ސިމް ނަގާފައިވާ ކަމަށާއި އެއީ ކުރިން ރާއްޖޭގައި އުޅެފައިވާ ބިދޭސީން ކަމަށެވެ.

މިދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތުގެ ތެރެއިން ސްކޭމް ކޯލްތައް ހުއްޓުވަން 3،130 ފިޔަވަޅު އަޅާފައިވާއިރު، 2،796 ސިމް ކާޑުތައް ފުލުހުން މެދުވެރިވެގެން ހިދުމަތް ކަނޑާލި އެވެ. 817 މޮބައިލް ފޯނެއް ރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑާއެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްފައި ވާ ކަމަށާއި އަށް އައިޕީ އެޑްރެސް ބްލޮކް ކުރި ކަމަށް ވިދާޅުވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ ފުލުހުންނަށް އެނގޭ ވަރަކުން މި ކަންކަމަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އެގޮތުން ޖަލުތެރެއަށް ވައްދައިގެން ބޭނުންކުރާ ފޯނުތައް ބްލޮކް ކުރަން މަސައްކަތް ކުރަމުންދާ ކަަމަށައި އެކަމާ ގުޅިގެން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި އަދި ޓެލެކޮމިއުނިކޭޝަން ސާވިސަސް ޕްރޮވައިޑަރުންނާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެކަމަކު އަދިވެސް އޭގައި ގޮންޖެހުންތައް ގިނަ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް