ޖީއެސްޓީ އަށް ޕަސެންޓަށް، ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރަން ފާސްކޮށްފި

ސަރުކާރުން ހުށަހެޅި ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި އެވެ. މި އިސްލާހު ހުށަހެޅުއްވީ  އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު....

16 Nov 2022 | 06:57

ސަރުކާރުން ހުށަހެޅި ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ  އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު. އެ އިސްލާޙުގައި ބުނެފައިވަނީ ޖީއެސްޓީ އަށް ޕަސެންޓު އަދި ޓިޖީއެސްޓީ16 ޕަސެންޓު ބޮޑު ކުރުމަށެވެ.

އިސްލާހު ފާސްވީ55 މެމްބަރުންގެ ވޯޓާއި އެކު އެވެ. ދެކޮޅަށް26 މެމްބަރުންނެވެ.

ޓެކްސް ބިލު ފާސްކޮށްފައި މިވަނީ ކޮމިޓީ މަރުހަލާގައި ހުށަހެޅި ހުރިހާ އިސްލާހެއް ބޭރު ކުރުމަށް ފަހު ފަހު ހުށަހެޅި ގޮތަށެވެ.

ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކުރި އިރު އިދިކޮޅު ފަރާތްތަކުން ދިޔައީ މަޖިލީހުގައި އަޑުގަދަ ކުރަމުންނެވެ. އަދި އެ މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރު ނުކުރާތީ ސަރުކާރު ފެކްޝަންގެ މެންބަރުން ވެސް ދިޔައީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

މީގެ އިތުރުން މިއަދު ވޯޓަށް އެހީ މިދިޔަ ދެ ދުވަހަށް އެޖެންޑާ ކުރުމަށް ފަހުވެސް ވޯޓަށް ނާހައި މަޖިލީހުގެ ޖަލްސާ ނިންމާލާ މައްސަލައިގަ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް