ލޯބިވެރިޔާ މަރާލައި ކޮށާލި އިންޑިއާ މީހާއާ ގުޅުވައި ބީޖޭޕީ ތަރުޖަމާނަކަށް ތުހުމަތެއް!

މި ހަފްތާ ފެށުނީންސުރެ އިންޑިއާގައި އެންމެ ހޫނުކޮށް ހިނގަމުންދާ ހަބަރަކީ ވެރިރަށް ނިއުދިއްލީގައި އާފްތާބް ޕޫނާވާލާ ކިޔާ ފިރިހެނަކު އޭނާގެ ލޯބިވެރިޔާ ޝަރައްދާ ވަލްކާ މަރާލުމަށް ފަހު 35 ބަޔަށް ކޮށައި ކު...

16 Nov 2022 | 06:38

މި ހަފްތާ ފެށުނީންސުރެ އިންޑިއާގައި އެންމެ ހޫނުކޮށް ހިނގަމުންދާ ހަބަރަކީ ވެރިރަށް ނިއުދިއްލީގައި އާފްތާބް ޕޫނާވާލާ ކިޔާ ފިރިހެނަކު އޭނާގެ ލޯބިވެރިޔާ ޝަރައްދާ ވަލްކާ މަރާލުމަށް ފަހު 35 ބަޔަށް ކޮށައި ކުދިކޮށް، އެކި ތަންތަނަށް އުކި ވާހަކަ އެވެ.

މީގެ ހަ މަސް ކުރިން މަރާލި އެ އަންހެން މީހާގެ ހަށިގަނޑުގެ ބައިތައް ދިއްލީގެ ޖަންގަލީގެ 18 ތަނަކަށް އެއްލާލާފައިވާ ކަމަށް އާފްތާބް ބުނެފައިވެ އެވެ. ބާކީ ހުރި އެ އަންހެން މިހާގެ މަސްތަކާއި ބޯ، އެ ދެމީހުން ދިރިއުޅުނު އެޕާޓްމެންޓެއްގައި ހުރި ޑީ ފްރިޖެއްގައި ބަހައްޓާފައި ހުއްޓެވެ. އާފްތާބު ބުނެފައިވަނީ ބޯ ބާއްވާފައި އޮތީ ހަނދާން ވުމުން ބަލަން ކަމަށެވެ.

ލޯބިވެރިޔާ މަރާލީ މާ ގިނައިން ކައިވެނި ކުރަން ކިޔާތީތީ ހިނގި ޒުވާބެއްގެ ތެރެއިން ކަމަށް އާފްތާބު ބުނެފައިވެ އެވެ.

މި މައްސަލަ ސިޔާސީ މައްސަލައަކަށް ވެފައިވަނީ އިންޑިއާގެ އާމްއާދްމީ ޕާޓީގެ ލީޑަރަކު ކުރި ޓުވީޓަކާއި ގުޅިގެންނެވެ. އެ ލީޑަރު ބުނީ ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާނެއް ކަމަށްވާ ޝެހްޒާދް ޕޫނާވާލާ އާއި އާފްތާބާއި ގުޅުމެއް އޮތް ކަމަށް ބެލެވޭ ކަމަށާއި ނޫނީ އާއިލީ ނަން އެއްގޮތް ވުމަކީ އިއްތިފާގެއްތޯ ސުވާލުކޮށްފައިވެ އެވެ.

އޭނާ ވަނީ އާފްތާބުގެ މައްސަލަ ފެންމަތިވުމާއި އެކު ޝެހްޒާދް ފިލާފައިވާ ކަމަށް ބުނެފައި އެވެ. އެކަމަކު ޝަރައްދާ މަރާއި ޝެހެޒާދާއި ގުޅުވާފައިއެއް ނުވެ އެވެ.

މި ތުހުމަތާއި އެކު ޝެހްޒާދް ވަނީ ލީގަލް ނޯޓިސް ފޮނުވައި، އޭނާ އާއި އާފްތާބާއި އޮތް ގުޅުން އާމްއާދްމީގެ ލީޑަރު 24 ގަޑިއިރު ތެރޭގައި ސާބިތުކޮށްދީފި ނަމަ ސިޔާސީ ދާއިރާ ދޫކޮށްލާނެ ކަމަށް ބުނެފައި އެވެ. އަދި އެކަން ސާބިތު ނުކޮށްދީފި ނަމަ އެ ލީޑަރު ސިޔާސީ ދާއިރާ ދޫކޮށްލަން ޖެހޭނެ ކަމަށް ބުނެފައި އެވެ.

ޝެހެޒާދް ބުނީ އާއިލީ ނަން އެއްގޮތް ވިޔަސް އެ ދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

ޝެހެޒާދަށް އެ ތުހުމަތު ކުރަން ފެށި އާފްތާބަކީ މުސްލިމެއް ކަން ހާމަވި ހިސާބުންނެވެ. ޝެހެޒާދަކީވެސް މުސްލިމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް